ކޭވައިއާރުސީގެ ނެޓްބޯޅަ މުބާރާތް އަންނަ މަހު ބާއްވަނީ

އަބްދުލް ވާހިދު ޙަސަން - 2 މަސް ކުރިން - 3 ޑިސެމްބަރ 2018


ކޭވައިއާރުސީން ކުޅުދުއްފުށީގައި ބޭއްވި ނެޓްބޯޅަ މުބާރާތެއްގެ ތެރެއިން--

ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މިމުބާރާތް އޮންނަނީ އަންނަމަހު 25 ގަ އެވެ.

ކޭވައިއާރުސީ ބުނީ ޓީމެއް ހަދާލައިގެން ކޮންމެ ފަރާތްތަކަށްވެސް މުބާރާތުގައި ބައިވެރިވެވިދާނެ ކަމަށެވެ.

މުބާރާތުގެ އެޕްލިކޭޝަން ފޯމު މިމަހު 15 ފެށިގެން އަންނަ ޖެނުއަރީމަހު 1 ވަނަ ދުވަހާ ހަމައަށް ދޫކުރަން ވަނީ ނިންމާފަ އެވެ. މިމުބާރާތާ ބެހޭ މައުލޫމާތު 7963737-7907699 ނަމްބަރާ ގުޅުއްވުމުން ލިބިގެންދާނެ އެެވެ.

ކޭވައިއާރުސީ އަންނަނީ ނެޓްބޯޅަ ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.


ގުޅުން ހުރި ލިޔުންތައް