twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން ހޭލުންތެރިކުރުމަށް ޕްރޮގުރާމެއް ހިންގައިފި

Dec 8, 2018

ކުޅުދުއްފުށީގައި ހުންނަ ހޮޓާއި ރެސްޓޯރެންޓް ފަދަ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތައް ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ “އަވެއާރނެސް ޕްރޮގުރާމް ފޯރ ފުޑް ހޭންޑްލާސް” ޕްރޮގުރާމް ނިންމާލައިފި އެވެ.

މި ޕުރޮގުރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރ ޑރ މުހައްމަދު ވަހީދެވެ.

އަވެއާރނެސް ޕްރޮގުރާމް ފޯރ ފުޑް ހޭންޑްލާސް” ޕްރޮގުރާމް ނިންމުމުގެ ހަފްލާގެ ތެރެއިން–

އެއްދުވަހުގެ މުއްދަތަށް ހދ އެޓޯލް ހެލްތް ސާރވިސަސް އިން ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށީގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި ކާނާ ތައްޔާރުކުރާ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފެންނާތީކަމަށް ހދ އަތޮޅު ހެލްތް ސާރވިސް އިން ހާމަކުރެ އެވެ.

މިދިޔަ ހުކުރުދުވަހު ހިންގި މި ޕްރޮގުރާމްގައި ކާބޯތަކެތި ތައްޔާރުކުރުމުގެ ސާފުތާހިރުކަމާއި ބަދިގެތެރޭގެ ސާފުތާހިރުކަން އަދި ބަދިގޭގައި ދިމާވެދާނެ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެތިބުމާއި ބެހޭގޮތުން މައުލޫމާތު ދީފައިވެ އެވެ.

އަވެއާރނެސް ޕްރޮގުރާމް ފޯރ ފުޑް ހޭންޑްލާސް” ޕްރޮގުރާމްގެ ތެރެއިން–

މި ޕުރޮގުރާމްގައި މައުލޫމާތު ދެއްވާފައިވަނީ ހދ އަތޮޅު ހެލްތް ސާރވިސްގެ މުވައްޒަފުންނާއި ކުޅުދުއްފުށީ ފަޔާރ ސްޓޭޝަންގެ މުވައްޒަފުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355