twitterviber whatsapp telegramfacebookyoutube instagram
16th March 2026

މީރާގެ ކަލެކްޝަން ސެންޓަރެއް ނައިފަރުގައި ހުޅުވައިފި

Dec 11, 2018

މޯލްޑިވްސް އިންލަޑް ރެވެނިއު އޮތޯރިޓީ ( މީރާ ) ގެ ކަލެކްޝަން ސެންޓަރެއް ނައިފަރުގައި މިއަދު ހުޅުވައިފި އެވެ.

ނައިފަރު ކަލެކްޝަން ސެންޓަރުގެ ސަބަބުން ނައިފަރާއި ޅ.އަތޮޅުގައި ދިރިއުޅުއްވާ ފަރާތްތަކަށް މީރާގެ ހިދުމަތް ފަސޭހަކަމާއެކު ގާތުން ލިބޭނޭ މަގު ފަހިވެގެން ދާނެކަމަށް މީރާއިން ބުނެއެވެ.

ޅ އަތޮޅު ކައުންސިލްގެ އިދާރާ ހިންގަމުންދާ އިމާރާތުގައި ގާއިމްކުރެވިފައިވާ މި އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެއެވެ.

އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް މީރާއިން ހާމަކުރެއެވެ.

މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ގާއިމުކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355