twitterviber whatsapp telegramfacebookyoutube instagram
19th March 2024

އޭރު ތިބީ ނިދާފަ، އަލިމަގެއް ފެންނަން ފެށުމުން މިހާރު ބޭކާރު ހިޔާލުތަކެއް !

Dec 16, 2018

ކުޅުދުއްފުށީގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރާ ވާހަކަ ދެކެވެން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ފަޅުތެރެ ހިއްކި ހިސާބުން އެވާހަކަތައް ދައްކަން ފެށި އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި އެކަން ނުވެ ލަސްވެގެންދިޔައީ އެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަން ފެށި ފުރަތަމަ އެއްމަސް ދުވަހުގެ ތެރޭގައި އެތަނުގައި ބަނދަރު ތަރައްގީކުރުމަށް މިވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މިއޮތް ހުރިހާ ދުވަހަކު ދެއްކީ އެތަން ގިރުވަން ދޫކޮށްލާފައިވާ ވާހަކަ އެވެ. ތަރައްގީކުރަން ހަވާލުކުރުމުން ރާގު ބަދަލުވެ މިހާރު މިދައްކަނީ ބަނދަރު ހަދަން އެއީ އެންމެ ރަނގަޅު ސަރަހައްދު ނޫން ކަމަށެވެ. ފައިދާ ބޮޑުވާނީ އެހެން ގޮޮތަކަށް އެ ބަނދަރު އެހެން ސަރަހައްދެއްގެ ހެދުމުން ކަމަށެވެ. އަދި އެއްގޮތަށް ރައްޔިތުންގެ ހިޔާލު ބެލުމަށް މީސްމީޑީއާގެ ބައެއް ފަރާތްތަކުން ދަނީ އަޑުއުފުލަމުންވެ.

ދަންނަވަން ތޯ އެވެ. މިއޮތް ހުރިހާ ދުވަހު ތިޔަ ހިޔާލުތައް ކޮބާ ތޯ އެވެ. އެކި ސަރުކާރުތަކުން އެކި ފެންވަރުގެ ވަފުދުތައް މިބަނދަރު ގާއިމުކުރުމަށާއި ތަފާތު ސާރވޭތައް ކުރުމަށް ކުޅުދުއްފުއްޓަށް ވަޑައިގެންނެވިކަން އެނގިލައްވަނީ ކިއްތަށް ރައްޔިތުންނަށް ތޯ އެވެ. ބަނދަރާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުންތަކާއި ޖަލްސާތަކަށް ކިއްތަށް ރައްޔިތުން ވަޑައިގެންނެވި ތޯ އެވެ. މައުމޫނުގެ ވެރިކަމުގައިވެސް އެތަސައްވަރު ގެންގުޅިފައިވެ އެވެ. އަދި އެކަމުގެ ބައްދަލުވުންތައް އޭރުވެސް އާންމުނަން ހުޅުވާލައިގެން މިރަށުގައި ބޭއްވި އެވެ. ނަޝީދުގެ ވެރިކަމާއި ޔާމީންްގެ ވެރިކަމުގައި ބަނދަރުގެ ކަންތައްތައް ކުރިއަށްގެންދިއުމުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުޅުދުއްފުށީގައި ބައްދަލުވުންތަކެއް ބޭއްވި އެވެ.

އޭރު ތިޔަ ހިޔާލުތައް ހިފައިގެން ނުގޮސް ނިދާފަ ތިބީ ކީއްވެ ތޯ އެވެ. ނުވަތަ އަހަންނާ ބެހޭކަމެއް ނޫނޭ ކިޔާގޮސް ނުގޮސް ތިބެ ނޫނަމަ އަހަންނަކީ ސިޔާސީ މީހެއް ނޫނޭ ބުނެ ނުގޮސް ތިބެފަ ކުއްލިއަކަށް މިއަދު އެކަމުގެ އަލިގަމެއް ފެންނަ އުޅެން ފެށުމުން ތިޔަ ޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ކުޅުދުއްފުށީ ތަރައްގީ ވާތީ މޭކަރާ ވަރަށް ގިނަ ބަޔަކު އުޅެ އެވެ. ހާއްސަކޮށް އެންމެ އުތުރަށް ނިސްބަތްވާ މީހުން ގިނަ ކަމީ ހުދު އަޅުގަނޑުވެސް އެކަމާ ނުހަނު ދެރަވާ ކަމެކެވެ. ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ބޮޑުތިލަދުންމަތީގައި ކުޅުދުއްފުށީ ނެތްނަމަ އިގްތިސޯދީގޮތުން މިހާރުވާފަދަވެސް ނުވާނެ އެވެ. މިސަރަހައްދުގެ އިގްތިސޯދީ ހަރަކާތްތައް އެންމެ ފުޅާ ދާއިރާއެއް ހިންގަނީ ކުޅުދުއްފުށީ ކަމަށްވާތީ އެވެ. ކުޅުދުއްފުއްޓާ ހެދި އުތުރުގެ އެހެން ރަށެއް ތަރައްގީ ނުވެ އޭ ބުނާއިރު އަތޮޅުތެރެ އަދި ވަކިން ހާއްސަކޮށް އެންމެ އުތުރަށް ނިސްބަތްވާ ރަށްރަށުގެ ހައްގުގައި އެންމެ ބޮޑު އަޑުއުފުލަނީވެސް ކުޅުދުއްފުށީ މީހުންނެވެ. އެއީ މީސްމީޑިއާއަށް ބަލާލިޔަސް މި ހަޤީޤަތް ފެނެ އެވެ. ނަމަވެސް އެވާހަކަ ބާއްވާ މަޢުލޫއާގެ ކުރިންދާނަމެވެ.

އޭޑީބީގެ އެހީއަކީ ކުޅުދުއްފުއްޓަށް ހާއްސަކޮށް ދިން އެހީ އެކެވެ. މިހުރީ ދުވަހު މިކަން ނުވެ އޮތުމަށްފަހު މިކަމުގައި ކުރިމަގެއް ފެންނަ ފެށުމުން ހުރަސް ނާޅުއްވާށެވެ. ހިޔާލާއި މަޝްވަރާ ކުރަންވީ މިއަދު ނޫނެވެ. އެދުވަސް މިހާރު މާޒީ ވެއްޖެ އެވެ. އެކަމާ ބެހޭގޮތުން މަޝްވަރާ ހޯދުމަށް ރައީސް ޔާމިންގެ ވެރިކަމުގައި އެންމެ ފަހު ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއަށް 50 މީހުންވެސް ނުދެ އެވެ. އެއީ އަދި އަޑުގަދަކުރާއިން މުޅި ރަށު ރައްޔިތުންނަށް ގޮވައިގެންވީ ވަރެ އެވެ. ޒަމާނީ އެފަދަ ބަނދަރުގެ މަޝްރޫއުއަކީ ވަރަށް މަދުން ނޫނީ ރަށްށަކަށް ނުލިބޭ ފަދަ ބަނދަރެކެވެ. އެހެންވުމުން މިއަދަކީ އެކަމަށް އެއްބާރުލުންދީ އެމަޝްރޫއު ކާމިޔާބު ކުރުމަށް މިރަށުގެ ރައްޔިތުން މަސައްކަތްކުރަންވީ ވަގުތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355