twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދަމުހިނގުން: ނަގާ ކޮޅަށް ޖަހަން ޖެހިފަ!

އަބްދުލް ވާހިދު ޙަސަން
Jul 1, 2023
1

ގަރުނަކަށްވުރެ ގިނަ އަހަރުވެފައިވާ ކުޅުދުއްފުއްޓަށް ހާއްސަ ކުޅިވަރެކެވެ. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނުކުޅޭ މުޅިން ތަފާތު މާލި ކުޅިވަރެކެވެ. އާންމު މައިދާނަކަށް އެއްވެ ކުޅޭ މި ކުޅިވަރަކީ ކުޅުދުއްފުށީވަންތަކަމާއި ގުޅިފައިވާ މި ކުޅިވަރު ކުޅެންވާނީ ކާބަފައިން ލަދުނުގަންނާނެ ފެންވަރެއްގައެވެ. އެއްޖީލުން އަނެއްޖީލަށް ދަމުހިނގުމުގެ މި ހާއްސަ ކުޅިވަރު ފޯރުކޮށްދިނުމަކީ އަހަރެމެން އެންމެންގެ ޒިންމާ އެކެވެ.

އެކަމަކު މި ކުޅިވަރު އަންނަ އޮތް ޖީލުތަކަށް އޭގެ އަސްލު ސިފައިގައި ގެނެސްދެވޭނެބާ އެވެ. ފަހަކަށް އައިސް މިކަން ވެފައި އޮންނަނީ ހަމައެކަނި ނަމަކަށް ކުޅޭ ކުޅިވަރެއްގެ ގޮތުގައި އެވެ. ފަހަރަކަށްވުރެ ފަހަރެއް ދަށަށްދާ މަންޒަރު ފެނެވެ. ޝަރީފާ އަލީ ވިދާޅުވާހެން މި ކުޅިވަރު ނަގާ ކޮޅަށް ޖަހާލަން ކެރޭނެ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްވިޔަސް ނެތީބާއެވެ.

ދަމުހިނގުމަކީ ވަރަށް ތަރުތީބުން ކުޅޭ ކުޅިވަރެކެވެ. އެއީ ސަމާސާކުޅިވަރެއްނޫނެވެ. އެއީ ދިވެހިންގެ ބޯދާ އިއުތިގާދާއި ގުޅިފައިވާ ސަގާފީ ކުޅިވަރެކެވެ. ކާބަފައިންކުރި އެހެންކަންކަމެކޭ އެއްގޮތަށް މިކަމުގައިވެސް ވަނީ ހުސް ތަރުތީބެވެ. ސްޓައިލްއެވެ. ފުންމާނަތަކެވެ. މި ކުޅިވަރުގައި އެންމެ ހާއްސަ ބަޔަކީ ބެރުވެރިންނެވެ. ރޭގެ ދަމު ހިނގުމުން ފެނުނީ އެންމެ 12 ވަރަކަށް ބެރުވެރިންނެވެ. އަދި ހާއްސަ މާލިތައްވެސް މަދެވެ. ކަދާ މާލީގެ ހަތަރު މާއްޔާއި ކޯރިގަނޑު މާލީގެ އުޅުނީ ތިން މާއްޔެވެ. އެކަމަކު މުރުގަނޑު މާލީގެ 13 ވަރަކަށް މާލި އުޅުނެވެ.

ބެރުވެރިންގެ ހާއްސަ މޮޅު ކޮރަކާއެކު ވަށްބުރެ ގޮތަށް ތިބޭއިރު އެ މީހުންގެ ފަހަތުގައި މި ދެންނެވި މާލިތައް ވަކި ހާއްސަ ނެރުމެއް ނަށަމުންދާނެ އެވެ.

ދަމުހިނގުމުގެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތެއް ވިދާޅުވީ، މި ކުޅިވަރަށް ދޭން ޖެހޭ މުހިންމު ސަމާލުކަން އެންމެ ރަނގަޅަށް ކައުންސިލަށްވެސް ނުދެވޭ ކަމަށެވެ. އަދި ކުޅިވަރު ކުރިއަރުވަން ރަސްމީ އިދާރާތަކާއި ރަށުގެ ޖަމިއްޔާތަކުންވެސް ނޫޅެންކަން އޭނާ ހިތާމައާއެކު ފާހަގަކުރި އެވެ.

އެކަން ރޭގައިވެސް ފާހަގަވި އެވެ. ބެރުވެރިންގެ ތެރޭގައި އެންމެ ރަނގަޅަށް ބެރު ޖަހަން ނޭނގޭ ފަރާތްތަކުން އުޅުނުކަން ފާހަގަވި އެވެ. އެކަން އެހެން ދިމާވީ ޕްރެކްޓިސްއަށް ހުޅުވާލުމުން އެތަނަށް ނައިސް ހަމައެކަނި ކުޅިވަރަށް އައުމުންނެވެ.

ދަމުހިނގުމުގެ ހާއްސަ މާލިތައް މަދު!

މިއީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. ކުރިންވެސް ބުނި ފަދައިން މިއީ ތާރީހާއި ރަށުގެ މަސައްކަތްތެރިކަމާ ގުޅުން ހުރި މުހިންމު ތަރިކަ އެވެ. ރޭގެ ދަމުހިނގުމަށް ބަލާއިރު ގިނަ އަދަދެއްގެ މާލި މަދެވެ. ކިރިޔާވެސް އެކަށީގެންވާ އަދަދަކަށް ފެނުނީ މުގުރުގަނޑު މާއްޔެވެ. ކޯރިގަނޑު މާއްޔާއި ކަދާ މާލި މާބޮޑަށްވެސް މަދެވެ. ކުރީގައި ނަމަ މިއިން ކޮންމެ ވައްތަރަކުން 20 މާލި އުޅޭނެ އެވެ. ގޮނޑި މާއްޔާއި އަސްމާލި، ދޫނިމާލި ރޭގަ ނުވެސް ފެނެ އެވެ.

އަދި ފަނުން ތައްޔާރުކޮށް ނެރޭ އެއްވެސް މާއްޔެއް ރޭގައި ނުފެނެ އެވެ. ބައެއް އެހެން ހާއްސަ މާލިތަކަށް ބަލާއިރު ބޮޑުމީހާ (އަށްބޭބެ) ވެލާ، ހަނޑިގަނޑާރަ، ފަދަ ދަމުހިނގުމުގެ މުހިންމު މާލިތަކެއް ނުފެނުނެވެ. ރަށުގައި ކޮށްއުޅޭ މަސައްކަތްތައް ތަފާތުވެފައި ގިނަވީނަމަވެސް، މަސައްކަތްތެރިން ބައިބަޔަށް، ކުޅިވަރުގެ މައިދާނަށް ނުކުމެ، މަސައްކަތް ދައްކާލާކަށް ނޫޅެއެވެ. ނުކުންނަ މަދު މަސައްކަތްތެރިންވެސް އެކަން ދައްކާލަނީ ވަރަށް ވަނދު ގޮތެއްގައެވެ. އެފަދަ މުހިންމުކަމެއް ރެއަކުން އެއްވެސް ވަރަކަށް ނުފެނެވެ. މަސް ފިހުމާއި ކުކުޅު ފިހުމާއި ހާލުފޮޅި އެޅުމެއްވެސް ނެތެވެ.

މި ހާއްސަ ކުޅިވަރު އަޅުގަނޑުމެން ދަމަހައްޓަން ޖެހެ އެވެ. މިހާތަނަށްވެސް މިކަން ފެންނަ މިއޮތީ މިހިސާބަށްވެސް ބައެއް ބުރަ މަސައްކަތުން ގެނެސްދިނީތީ އެވެ. ކައުންސިލާއި ޖަމިއްޔާތަކާއި ރައްޔިތުން އެކުވެ، މި ހާއްސަ ކުޅިވަރު އަންނަ އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދޭން ޖެހެ އެވެ. މިއީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355