twitterviber whatsapp telegramfacebookyoutube instagram
30th March 2026

ބަސީރު އެކަޑަމީގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި 20 ޓީމެއް !

Dec 18, 2018

ބަސީރު ސްޕޯޓްސް އެކަޑަމީގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި 20 ޓީމަކުން ބައިވެރިވެއްޖެ އެވެ. ޗެމްޕިއަން ޓީމަށް 10000ރ ކަނޑައެޅިފައިވާ މިމުބާރާތްތަކީ ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖްގެ ނަމުގައި ކުރިއަށްގެންދަން ނިންމާފައިވާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ބައިވެރިވެފައިވަނީ 20 ޓީމަކުންނެވެ.

ފިރިހެނުންނަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތު ފަށާނީ އަންނަ ޖެނުއަރީމަހު 11 ވަނަ ދުވަހު އެވެ. މުބާރާތް ކުރިއަށްދާނީ ޒޯން ސްޓޭޑިއަމްގެ ޓާފް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355