twitterviber whatsapp telegramfacebookyoutube instagram
10th September 2026

ޑެކަގަން ކަޕްގެ ފައިނަލަށް މާޒިންސް އަދި އެކްސް ޒީނޯ ދަތުރުކޮށްފި

Dec 18, 2018

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް، ނޭކުރަންދޫ ޑެކަގަން ކަޕްގެ ފައިނަލް މެޗަށް މާޒިންސް އަދި އެކްސް ޒީނޯ ދަތުރުކޮށްފި އެވެ.

މާޒިންސް ފައިނަލަށް ގޮސްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވަނަ ޓީމުގެ ގޮތުގައި އޮވެ އެވެ. ސެމީގައި މާޒިންސް ބައްދަލުކޮށްފައިވަނީ ކުމުންދޫ އެފްސީއާ އެވެ. ކުމުންދޫ އެފްސީގެ މައްޗަށް މާޒިންސް ކުރި ހޯދީ 3-1 ތަފާތަކުންނެވެ.

އެކްސް ޒީނޯގެ ސެމީގައި ބައްދަލުކުރީ ކުލަބު ސިވިކްއާ އެވެ. ކުލަބު ސިވިކްގެ މައްޗަށް މާޒިންސް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެން 4-3 ތަފާތަކުންނެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަށް 35000ރ ދޭން ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލު މެޗު އޮންނަނީ މާދަމާ ހަވީރު ނޭކުރަންދޫ ބޯޅަ ދަނޑުގަ އެވެ.

ބައިލައްކަ ރުފިޔާއަށް ވުރެ އަގުބޮޑު މިމުބާރާތްތަކީ އެރަށުގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ އަގުބޮޑު މުބާރާތެކެވެ. މިމުބާރާތުގައި މިއަހަރު 8 ޓީމެއް ބައިވެރިވެފައިވެ އެވެ. އެ ޓީމްތަކަކީ ކުޅުދުއްފުށީ ހިރަފުސް، ކުމުންދޫ، ކުރިނބީ އެވެ. ނޭކުރަންދޫން ފަސް ޓީމެއް ނެރެ އެވެ. އެއީ އެކްސް ޒީރޯ، މާޒިން، ޓީމް ރުއްގަނޑު، ކުލަބު ސިވިކް އަދި ސެނޮން އެވެ.

މިމުބާރާތް ސްޕޮންސަރކޮށްފައިވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއި ޑައިރެކްޓް ލޮގިސްޓިކް އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293