twitterviber whatsapp telegramfacebookyoutube instagram
15th November 2019

އިސްލާމިކް ބޭންކުން ހޮނިހިރު ބާޒާރު ސަރަހައްދުގައި ރޯޑްޝޯއެއް ބާއްވަނީ

Dec 19, 2018

މޯލްޑިވްސް އިސްލާމިކް ބޭންކުން ހޮނިހިރު ދުވަހު ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދުގައި ރޯޑް ޝޯއެއް ބާއްވަން ހަމަޖައްސައިފި އެވެ.

މި ރޯޑްޝޯ އޮންނާނީ ހޮނިހިރު ބާޒާރު ސަރަހައްދުގައި އެ ދުވަހުގެ ހެނދުނު 08:30 ފެށިގެން 14:30 ނިޔަލަށެވެ.

އެމްއައިބީއިން ބުނީ މިރޯޑް ޝޯގައި ބޭންކް އެކައުންޓް ހުޅުވުމާއި ، އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގްއަށް ރަޖިސްޓާ ކުރުމުގެ އިތުރުން އިސްލާމިކް ބެންކުގެ ފައިންނޭންސިންގް ފެސިލިޓީތަކުގެ މައުލޫމާތު ދިނުން ކުރިޔަށް ދާނެކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޮބައިލް ބޭންކިންގްއަކީ މިހާރު ދިވެހި ރާއްޖޭގައި ބޭނުން ކުރެވޭ އެންމެ ފަސޭހަ މޮބައިލްބޭންކިންގް އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނުން އެހެން ބޭންކުތަކަށް ފައިސާ ފޮނުވުމާއި އަމިއްލަ ފައިނޭންސިން ފެސިލީޓީތަކުގެ ބެލެންސް ބެލުމުގެއިތުރުން ޗެކްތަކާބެހޭ މައުލޫމާތުވެސް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355