twitterviber whatsapp telegramfacebookyoutube instagram
19th April 2026

ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

Dec 20, 2018

ހދ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދާދި ދެންމެއަކު ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ.

ހދ އަތޮޅުގެ 3 ރަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅު ފުރަތަމަ ވަޑައިގެންފައި މިވަނީ ކުޅުދުއްފުއްޓަށެވެ. ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވާފައިވަނީ ކައުންސިލްގެ މެންބަރުންނެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އާއި ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގަންނަވަ އެވެ

މި ދަތުރުފުޅުގައި ކުޅުދުއްފުށީ ކައުންސިލް، ހދ އަތޮޅު ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުުރުން ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ބައްލަވާ ލައްވާ އޮޕަރޭޝަން ތިއޭޓާރ ރަސްމީކޮށް ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސްއަށްވެސް ވަޑައިގެން އެތަނުގެ ހާލަތު ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ކުޅުދުއްފުށީގެ އިތުރުން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ އަދި ނޮޅިވަރަމަށެވެ. ނައިބް ރައީސްގެ މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355