ޑިސެމްބަރު 31 އަދި ޖެނުއަރީ 1 ގައި ބީއެމްއެލް ބަންދު ވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެގައިވަނީ ބޭންކުގެ ހުރިހާ ބްރާންޗެއްވެސް ހޯމަ ދުވަހުން ފެށިގެން އަންގާރަ އަށް ބަންދު ވާނެ ކަމަށާއި އެކަމަށް ކަސްޓަމަރުންނަށް ސަމާލުވުމަށެވެ.
ބޭންކު ބަންދު ނަމަވެސް ބޭންކިންގެ ހިދުމަތްތައް ސެލްފް ސާވިސް އޭޓީއެމްތައް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ ކަމަށާއި އަދި ބަންދު ދުވަސްތަކުގައިވެސް އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ.
ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާ ދިމާކޮށް ކުރަންޖެހޭ ބައެއް މަސައްކަތްތަކަށް ބޭންކު ބަންދުކުރެ އެވެ. އާ އަހަރާ ދިމާކޮށް ބޭންކު ބަންދު ކުރާއިރު ހޯމަ ދުވަހަށް ފަހު ބޭންކު ހުޅުވާނީ ބުދަ ދުވަހު އެވެ.