twitterviber whatsapp telegramfacebookyoutube instagram
16th August 2026

ނައިވާދޫއަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ލައްގައިފި

Jan 1, 2019

ހދ ނައިވާދޫއަށް މަރުވެފައިވާ އަންހެނެއްގެ ހަށިގަނޑު ލައްގައިފި އެވެ. މި ހަށިގަނޑު ލައްގާފައިވަނީ އެރަށު އިރުމަތި ފަރާތުގެ ގޮނޑުދޮށަށްށެވެ.

އެރަށުން ކޭއޯއަށް މައުލޫމާތު ދިން މީހަކު ބުނީ އެމީހާ އޮތީ ބިކިނީގައި ކަމުން އެއީ އަންހެނެއްކަން އެނގޭ ކަމަށާއި ބޮޑަށް ބެލެވެނީ އެއީ ބިދޭސީއެއް ކަމަށެވެ.

” އެމީހާގެ ދެ އަތުގެ އުޅަބޯށިން ތިރިއެއް ނެތް. ކަޅު ބިކިނީއެއްގެ އޮތީ.” ނައިވާދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެމީހާގެ މޫނުމަތި ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ލޯވަޅައި އަނގަ މަތި އަދި ނޭފަތް ވަނީ ހަލާކުވެ ވަޅު ހެދިފަ އެެވެ.

ނައިވާދޫއަށް މަރުވެގެން މިއަދު ލައްގާފައިވާ ހަށިގަނޑު–

އެ ހަށިގަނޑުގެ މަތިން ސަތަރި އަޅާފައިވާއިރު އެމައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނައިވާދޫ ގޮނޑުދޮށަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ލައްގާފައިވާ ކަމުގެ ރިޕޯޓު މިއަދު 1200 ޖެހި އިރު ހުށަހަޅާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355