twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މޯލްޑިވިއަންގެ ޓިކެޓުގެ އަގުތައް ބޮޑުތަނުން ހެޔޮކޮށްފި

Jan 2, 2019

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު 25-30 ޕަސެންޓާ ދެމެދުގެ އަދަދަކަށް ހެޔޮކޮށް މިމަހު 10 ން ފެށިގެން އަގު ހެޔޮކުރި އަގުތަކަށް އަމަލުކުރަން ފަށާނެކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަންއިން އަގުތައް ހަމަޖެއްސި ގޮތުން އެއްކޮޅު ޓިކެޓެއްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވާނެ އެވެ. މި އަގުތަކުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ދަތުރު ކުރެވޭނެ އެވެ.

އަގުތައް ކުޑަކުރުމާ އެކު، އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންއިން ދަތުކުރާ މަންޒިލްތަކުގެ ދެކޮޅު ޓިކެޓްގެ އަގުތަށް:

މާލެ – ގަން – މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު

މާލެ – ފުވައްމުލަށް – މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު

މާލެ – ހަނިމާދޫ – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު

މާލެ – އިފުރު – މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު

މާލެ – ދަރަވަންދޫ – މާލެ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު

މާލެ – ކުޑަހުވަދޫ – މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު

މާލެ – ތިމަރަފުށި – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު

މާލެ – ކައްދޫ – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު

މާލެ- ކޫއްޑޫ – މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު

މާލެ – ކާޑެއްދޫ – މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355