twitterviber whatsapp telegramfacebookyoutube instagram
13th November 2019

ދިރާގު ޕޭ މެދުވެރިކޮށް މިހާރު ސޮލަރެލް މޮޓޯ އިންޝުއަރެންސަށް ފައިސާދެއްކޭނެ

Jan 3, 2019

ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް، ސޮލަރެލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފް ކޮށްފި އެވެ.

ދިރާގާއި ސޮލަރެލް އިންޝުއަރެންސް ގުޅިގެން ތައާރަފުކުރި މޮބައިލް އެޕްލިކޭޝަން، ” ސޮލަރެލް މޮޓޯ ތަރޑް ޕާޓީ އެޕް” މެދުވެރިކޮށް ދިރާގު ޕޭގެ ހިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ސޮލަރެލް އިންޝުއަރެންސުން ފޯރުކޮށްދޭ ހުރިހާ މޮޓޯ އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑު ކުރެވޭނެއެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެއެވެ. އަދި ދިރާގުގެ ވެބްސައިޓުންވެސް ވޮލެޓަށް ލާރިއެޅޭނެއެވެ.

ދިރާގުޕޭގެ އަނެއް މުހިއްމު ސިފައަކީ ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށްވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށްވެސް އޭޖެންޓް މެދުވެރިކޮށް ފައިސާނެގޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމެވެ.

ދިރާގު ޕޭގައި ބޭނުން ކުރާ އެންއެފްސީއަކީ މިފަދަ ޑިޖިޓަލް ވޮލެޓް ހިދުމަތެއްގައި މިޓެކްނޮލޮޖީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ގިނަ ސްމާޓް ފޯނުތަކުގައި އެންއެފްސީ ކޭޕެބިލިޓީ އެކުލެވިގެންވީނަމަވެސް، އާދައިގެ ފޯން ނުވަތަ ބައްތި ފޯނު ފަދަ ޑިވައިސްތައްވެސް އެކަމަށް ހާއްސަ އެންއެފްސީ ސްޓިކަރއެއް ބޭނުންކޮށްގެން ދިރާގު ޕޭ ގެ ހިދުމަތް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355