twitterviber whatsapp telegramfacebookyoutube instagram
6th June 2025

ނައިވާދޫއަށް ކުޑަކުދިންގެ ޕާކެއް، ކުރިނބީއަށް ދެ ކޮޓަރި އެޕާޓްމެންޓެއް !

Jan 9, 2019

ހދ އަތޮޅު ކައުންސިލުން ދެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގަން މިއަދު ފާސްކޮށްފި އެވެ.

އެ ކައުންސިލްގައި މިއަދު ބޭއްވި ޖަލްސާއެއްގައި ފާސްކޮށްފައިވަނީ ހދ ކުރިނބީގައި ދެ ކޮޓަރީގެ އެޕާޓްމަންޓް ހެދުމަށް ބޭނުންވާ ފައިސާ އާއި ނައިވާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާ ފައިސާ ދޫކުރުމަށެވެ.

ރަށު ކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށްޓަކާ ހދ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލުތައް ގުޅިގެން މިދިޔަ އަހަރުވެސް މިމަޝްރޫއު އަތޮޅުގެ ފަސް ރަށެއްގައި ހިންގާފައިވެ އެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓްތައް އިމާރާތްކޮށް މިހާރު ހިދުމަތް ދެމުން އަންނަނީ ނެއްލައިދޫ، ކުޅުދުއްފުށީ، ނޮޅިވަރަން، ކުމުންދޫ އަދި ނޭކުރަންދޫ ގަ އެވެ.

މި މަޝްރޫއުގެ ތެރެއިން ނައިވާދޫގައި ކުޑަކުދިންގެ ޕާކެއް ހަދަނީ އެރަށު ކައުންސިލުން އެދިގެންނެވެ. މިއީ މިމަޝްރޫއުގެ ތެރެއިން ކުޑަކުދިން ޕާކެއް ހަދާ ފުރަތަމަ ރަށެވެ. މި މަޝްރޫއު ހިންގުމަށް ކޮންމެ ރަށަކަށްވެސް އަތޮޅު ކައުންސިލްގެ މާލިއްޔާއިން ހަރަދުކުރާނީ 175000ރ އެވެ.

ހދ އަތޮޅު ކައުންސިލުން މައުލޫމާތުދޭގޮތުގައި މިއަހަރު ޖުމުލަ ފަސް ރަށެއްގައި މި މަޝްރޫއުގެ ހިންގާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355