ޝީޝާއިން މިދިޔަ ޑިސެންބަރު މަސް ތެރޭގައި ޑިސްކައުންޓްތަކަކާއިއެކު ފެށި 100 ދުވަހުގެ ޕްރޮމޯޝަނަށް މިއަދު މި ވަނީ މަހެއް ވެފައެވެ.
ރާއްޖެއަށް ހޮންޑާ ސައިކަލު އެތެރެކޮށް ވިއްކަމުން އަންނަ ހޮންޑާ ކުންފުނީގެ އޮތަރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއިން ކުރިއަށްގެންދާ މި ޕްރޮމޯޝަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ޝީޝާގެ އައުޓްލެޓްތަކުގައިވެސް ކުރިއަށް ދާއިރު ޕްރޮމޯޝަންގެ ތެރެއިން ޝީޝާއިން ވިއްކާ އެންމެ ފަހުގެ ސައިކަލު ޑިސްކައުންޓް އަގުގައި ލިބޭނެއެވެ.
ޝީޝާ އިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި އިންސްޓޯލްމަންޓް އިންޓެރެސްޓްގެ ގޮތުގައި އެއް ޕަސެންޓް ނަގަމުން ދިޔަ “ޒޫމާރ އެކްސް ސަޅި ޑީލް” ވެސް ކުރިއަށް ގެންދެއެވެ.
ކުޅުދުއްފުށީގައި ހުންނަ ޝީޝާ ފިހާރަ–
އަދި ނަރުހުންނަށާއި ޓީޗަރުންނަށް ހާއްސަކޮށް ޝީޝާއިން ސައިކަލު އިންސްޓޯލްމަންޓް މެދުވެރިކޮށް ނެގުމަށް ހާއްސަ ޑިސްކައުންޓް ޕެކޭޖު ވެސް މި ޕްރޮމޯޝަންގެ ތެރެއިން ކުރިއަށް ގެންދާއިރު ޝީޝާއިން ނަގަމުން އައި 1.5 އިންސައްތަ ވަނީ ނަރުހުންނާއި ޓީޗަރުންގެ ޕެކޭޖުގައި 1.25 ޕަސެންޓަށް ކުޑަކުރެވިފައެވެ.
އަދި މި ޕްރޮމޯޝަންގެ ތެރެއިން ސައިކަލު ބައްލަވައި ގަންނަވާ ކަސްޓަމަރުންނަށް އެ ކަސްޓަމަރު ބައްލަވައިގަންނަ ސައިކަލު ޝީޝާ ގެ އައުޓްލެޓް ނުހުންނަ ރަށަކަށް ގެންދާނަމަ “ނާލު ފައިސާ” ގެ ގޮތުގައި ދޯންޏަށް ނުވަތަ ބޯޓަށް ދެއްކުމަށް 500ރ ޝީޝާއިން ދޭނެއެވެ.
ކުޅުދުއްފުށީގައި ހުންނަ ޝީޝާ ފިހާރަ–
ޝީޝާއިން މިހާރު ވިއްކަމުން އަންނަ ފަހުގެ ސައިކަލުތަކަށް ބަލާއިރު، އެއާބްލޭޑް، ވޭވް 125 އައި، ޒޫމާ އެކްސް އަދި ސްކޫޕީ އައިގެ ދެ ވައްތަރެއް ހިމެނެއެވެ. ޝީޝާ އިން ވިއްކަމުންދިޔަ މޫވް ސައިކަލް ހޮންޑާ އިން މިހާރު އުފެއްދުން ހުއްޓާލާފައިވާތީ މޫވް ސައިކަލު މިހާރު ލިބޭކަށް ނެތެވެ. ނަމަވެސް ޒުވާނުންގެ މެދުގައި މަގުބޫލުކަން ބޮޑު ސްކޫޕީ ސައިކަލު މިޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެކަން ފާހަގަކޮށްލަން ޖެހެއެވެ.
ކުޅުދުއްފުއްޓާއި އައްޑޫ އަދި ހުޅުމާލެ، މާލޭގައިވެސް ޝީޝާގެ ފިހާރަ ހުރި އެވެ.