ކުޅުދުއްފުށީގައި ނެއިބާހުޑް ޕޮލިސް ތައާރަފްކުރުމަށް ހިންގާ ޕައިލެޓް ޕްރޮޖެކްޓްގެ ތެރެއިން އާންމު ރައްޔިތުންގެ ހިޔާލު ހޯދައި މަޝްވަރާކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފިއެވެ.
މި މަހުގެ 14ން 19ށް ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށާއި އަމިއްލަ އޮފީސްތަކަށާއި ގޭގެއަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުންގެ ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ.
އެގޮތުން ނެއިބަރހުޑް އޮފިސަރުންނާ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމާއި އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައި ވާކަމަށް ފޮލިހުން ހާމަކުރެއެވެއެވެ.
އަދި ކުށުގެ ބިރުވެރިކަން ކުޑަކޮށް ރަށުތެރޭގައި އަމާންކަން ގާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ނެއިބަރހުޑް އޮފިސަރުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮަބައިކަން އޮޅުންފިލުވައި ޖާނާއި އަދުލުގެ ނިޒާމުގައިހުރި ކަންމާއި ގުޅޭގޮތުން މައުލޫމާދު ދިނުމަށް ހަމަޖެހިފައިވެއެވެ.