ހޮންކޮންގުގައި މިއަހަރު ބާއްވާ އޭޝިއަން ޔޫތް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ޓީމުގައި ކުޅުދުއްފުށީ، އުންމީދީ އެތުލީޓް މުހައްމަދު ޝާމް ހިމެނިއްޖެ އެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ހަތަރު އެތުލީޓުންނެވެ. އެއީ ޝާމްގެ އިތުރުން އިބާދުއްﷲ އާދަމް އާއި އައްޑޫ އިން އައިޝަތު ހިމްނާ ހަސަން އަދި މަރިޔަމް އަލްހާ އެވެ. މި ޓީމުގައި ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އައްޑޫގެ ހަސަން ހަލީލެވެ.
މިމުބާރާތުގައި ޝާމް އާއި އިބާދުﷲ އަދި އަލްހާ ދުވާނީ 100މ އަދި 200 މީޓަރެވެ. ހިމްނާ ދުވާނީ 200މ އަދި 400 މީޓަރުގެ ދުވުމުގައި އެވެ.
ދާދި ފަހުން ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތްތަކުގައިވެސް ޝާމް ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގައި އޭނާ ވަނީ 100މ ދުވުން 11.54 ސިކުންތުން ނިންމާފަ އެވެ.
ގައުމީ ފެންވަރުގެ ގިނަ އެތުލީޓުންތަކެއް ކުޅުދުއްފުށިން ވަނީ އުފައްދާފަ އެވެ.