twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަދުން ނޫނީ ނުފެންނަށް ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ޒުވާނެއް، ބޭނުންވަނީ ދީލަތި އެހީއެއް !

Jan 29, 2019

ހދ ކުުޅުދުއްފުށި، ބަދުރު އަޒްމާ އަބްދުﷲ އަކީ ވަރަށް މަދުން ނޫނީ ދިމާވާ ބައްޔަކާ ހަނގުރާމަ ކުރަމުންދާ ކުއްޖެކެވެ.އުމުރުން އެންމެ 17 އަހަރުގެ އަޒްމާދަނީ ގަދަ ހިތްވަރާއެކު ފުރާނަ އާއި ހަނގުރާމަ ކުރަމުންނެވެ.

އަޒްމާއަކީ ވަރަށް މަދުން ނޫނީ ނުފެންނަށް ބައްޔެއްް ކަމަށްވާ އެޕްލާސްޓިކް އެނީމިއާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. ކޭއޯއަށް މައުލޫމާތު ދެމުން އަޒްމާގެ އާއިލާއިން ބުނީ އަޒްމާއަކީ ކުޑައިރުންސުރެ ވެސް ވަރަށް އަވަހަށް ވަރުބަލިވެ ނޭވާ ލުމުގައި ދަތިތަކެއް ހުންނަ ކުއްޖެކަމަށެވެ.

އަދި ފަހުން ހުން އަންނާތީއާއި އާއިލާގައިވެސް ކެންސަރު ބަލި ހުރުމާއި ގުޅިގެން އާއިލާއިން ބޭނުންވެެގެން މިދިޔަ އަހަރު ލަންކާއަށް ގޮސް އަޒުމާ ކެންސަރަށް ޓެސްޓު ކުރިކަމަށްވެސް އާއިލާއިން މައުލޫމާތު ދިނެވެ. ޑޮކްޓަރުން ބުނެފައިވަނީ ވަނީ އަޒްމާގެ ހަށިގަނޑުގައި ކެންސަރު ނެތް ކަމަށާއި ނަމަވެސް ލޭގައި ހިމެނޭ މާއްދާއެއް ދަށްވަމުން ދާކަން ފާހަގަކޮށްފަ ކަމަށެވެ.

ނަމަވެސް ޑޮކްޓަރުންނަށް ސީދާ ބަލި ދެނެގަންނަން ނޭނގުމުން ނޭވާ ލުމުގައި ދަތިތަކެއް ކުރިމަތިވާތީ އަޒްމާއަށް އަސްތަމާގެ ފަރުވާވެސް ދީފައިވާ ކަަމަށް އާއިލާއިން މައުލޫމާތު ދިނެވެ. އާއިލާއަށް ބަލީގެ އަސްލު ދެނެގަނެވުނީ މިދިޔަ އަހަރުގެ ފަހުކޮޅު އަޒްމާގެ ހާލު މާބޮޑަށް ސީރިއަސް ވުމުން އައިޖީއެމްއެޗަށް ދެއްކުމުންނެވެ. އެގޮތުން ޑޮކްޓަރުގެ ލަފާގެ މަތިން ކޮންމެ ދުވަހަކު ލޭގެ ޓެސްޓުތައް ހެދުމުން ލޭގައި ހިމެނޭ މާއްދާއެއްކަމަށްވާ ޕްލޭޓްލެޓް މަދުވާކަން އެނގުނެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުންވެސް އެކަން ދިމާވާ ސަބަބު ދެނެނުގަނެވުމުން އަނެއްކާވެސް ލަންކާއަށް ގޮސް ބޯންމެރޯގެ ޓެސްޓެއް ހެދުމުން އަޒްމާ ގެ ބޯންމެރޯ މަރުވެފައިވާކަން ދެނެގަނެވުންކަމަށް އާއިލާންއިން ބުންޏެވެ.

ބޯންމެރޯ މަރުވާން ދިމާވީ އެޕްލާސްޓިކް އެމީނިޔާ ޖެހިފައިހުރުމުން ކަމަށާއި އަދި އެހެންކަމުން އަޒްމާގެ ހަށިގަނޑުގައި ލޭ އިތުރަށް ނުއުފައްދާކަން ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އަދި ރާއްޖެ އައުމުގެ ކުރިން އަޒްމާ ގަޔަށް ލޭއަޅާ ޕްލެޓްލެޓް ހިފެހެއްޓުމަށް ޑޯޒް މަތި ބޭސްތަކެއް ދިންކަމަށެވެ.

“އެހެން މީހެއްގެ ގައިން ޕްލެޓްލެޓް އަޒޫގަޔަށް އަޅާފަ، ސްޓޭބަލްކޮށްފައި ވަރަށް ހައި ޑޯޒް ބޭސްތަކެއް ދީނީ އޭނަގައިގަ އެ އެއްޗެހި ބަހައްޓަން ބޭހުން މަސައްކަތްކޮށްދޭތޯ” އާއިލާއިން ބުންޏެވެ.

ޑޮކްޓަރުން މިހާރު ލަފާދީފައިވަނީ ބޯންމެރޯޓްރާންސްޕްލާންޓް ހެދުމަށްކަމަށާއި މިހާރު ވާނީ އަޒްމާގެ އެންމެ ހަގު ކޮއްކޮގެ ލޭގެ ސާމްޕަލް ކްރޮސްމެޗު ހެދުމަށް ފޮނުވާކަމަށް އާއިލާއިން ބުންނެވެ. އަދި އޭގެ ނަތީޖާ މި ހަފްތާތެރޭ ލިބޭނެ ކަމަށްވެސް އާއިލާއިން މައުލޫމާތު ދެއެވެ.

ލަންކާއިން އައުމަށްފަހުވެސް ގަވައިދުން އައިޖީއެމްއެޗުން އަޒްމާ އައީ ލޭގެ ޓެސްޓު ހަދަމުންނެވެ. އެގޮތުން ޓެސްޓު ހަދަން ފެށިތާ 3 ވަނައަށް ވީ ދުވަހު ޕްލެޓްލެޓް ދިހަ ޕަސެންޓަށްވުރެ ދަށްވެފައި ހުރުމުން ވަގުތުން އެޑްމިޓްކޮށް ފަރުވާ ދޭން ފެށިކަމަށާއި މިހާރުވަނީ އަނެއްކާވެސް އެމެޖެންސީގައި އިންޑިޔާއަށް ފޮނުވާލާފަ ކަމަށް އާއިލާއިން ބުންޏެވެ. އަދި ޓެސްޓުގެ ނަތީޖާލިބި މެޗު ވެއްޖެނަމަ ބޯންމެރޯ ހެދޭނެކަމަށް އާއިލާއިން ބުންޏެވެ.

މިކަމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީއާއި، އޮޕަރޭޝަން ރާއްޖޭއިން ބޭރުގައި ކުރުމަށް ހަމަޖެހިފައިވާތީ އާއިލާއިން އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ވަނީ ނުހަނު ބޭނުން ވެފައެވެ.

އަޒްމާގެ ހަރަދުތަކަށް އާސަންދަ ހަމަޖެހޭތޯ އާއިލާއިން ދަނީ މަސައްކަތް ކުރުމަށެވެ. ނަމަވެސް ތިބުމާއި ކެއިން ބުއިމަށް އަދި އާސަންދަ ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައި ނުވާތީ އެއާއިލާއަށް ވަނީ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.

އެއާއިލާއަށް އެހީތެރިވެދެއްްވުމަށް ބޭނުންވާ ފަރާތްތަކުން އަޒްމާ މަންމަގެ ޑޮލަރު އެކައުންޓް 7713348122102 އަދި ފައިސާ އެކައުންޓް 7706348122101 ފައިސާ ފޮނުވޭނެއެވެ. އަދި އާއިލާއަށް ގުޅުއްވަން ބޭނުންވާ ފަރާތްތަކުން އަޒްމާގެ މަންމަ ނަންބަރު 7904748 އަދި ދައްތަގެ ނަންބަރު 7888157 ގުޅުއްވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355