twitterviber whatsapp telegramfacebookyoutube instagram
27th July 2024

ސުމާ، ސިކުނޑީގެ އޮޕަރޭޝަނަކަށް އެހީ ހޯދަނީ

އަބްދުލް ވާހިދު ޙަސަން
May 15, 2024

ކުޅުދުއްފުއްޓަށް އުފަން އުމުރުން 15 އަހަރުގެ އާމިނަތު ސުމާ އަހުމަދަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. އެހެންވުމުން ކޮންމެ ކަމެއް ކުރުމުގައިވެސް ސުމާއަށް އެހެން މީހުންގެ އެހީތެރިކަން ހޯދަން ޖެހެ އެވެ.

އެންމެ ތުއްތު އުމުރުން ފެށިގެން މިއަދާ ހަމައަށްވެސް އާމިނަތު ސުމާ އަހުމަދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފިޓް ޖެހުމެވެ. ހާއްސަ އެހީއަށް ބޭނުންވާ މިހާރު އުމުރުން 15 އަހަރުގެ ސުމާ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 7 ނުވަތަ 8 ފަހަރު ފިޓް ޖެހެ އެވެ.

ފިޓް ޖެހޭތީ ދޭ އެންމެ މަތީ ޑޯޒްގެ ބޭސް ދީގެންވެސް ހިފަހައްޓާ ނުލެވޭއިރު ބޮޑުވަމުން އަންނަ ވަރަކަށް ފިޓް ޖެހޭލެން އަންނަނީ އިތުރުވަމުންނެވެ. ފިޓް ޖެހޭތީ ދޭ ބޭހުގެ އިތުރުން މިހާރުވެސް ސުމާއަކީ ތައިރޮއިޑަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.

އޮޕަރޭޝަނަށް އެކަނިވެސް 10،000 ޑޮލަރު އަރާ!

ރާއްޖެއާއި އިންޑިޔާގެ ޓްރިވެންޑްރަމުން އެކި ފަހަރުމަތިން ސުމާ ފަރުވާ ހޯދާފައިވީނަމަވެސް ލުޔެއް ލިބޭގޮތް ވަނީ އަދި ނުވެ އެވެ. އެހެންވެ މިދިޔަ އަހަރުގެ ފަހުކޮޅު ބެންގަލޫރަށް ބީޖީއެސް ހޮސްޕިޓަލުންނާއި މަނިޕާލް ހޮސްޕިޓަލް އަދި އެސްޓާސް ސީއެމްއައި ހޮސްޕިޓަލުން ސުމާ ފަރުވާހޯދި އެވެ.

އެސްޓާސް ސީއެމްއައި ހެދި ޓެސްޓްތަކުން އެނގުނީ ސުމާގެ ބޮލުގައި އެއްޗެއް އިން ކަމަށެވެ. އެކަމަކު އެއީ ކޯއްޗެއްކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. ބޮލުގައި އިން އެތި ވީހާވެސް އަވަހަށް ނެގުމަށް ޑޮކްޓަރުން އިރުޝާދު ދެއްވި ނަމަވެސް ފައިސާ ނެތުމުން އެ އޮޕަރޭޝަން އޮތީ ނުވެ އެވެ.

ލަފާކުރާ ގޮތުގައި އެ އޮޕަރޭޝަނަށް ގާތްގަނޑަކަށް 10،000 ޑޮލަރު އަރަ އެވެ. އާސަންދައިގެ ކަވަރކޮށްދިނީ 4288 ޑޮލަރެވެ. ސުމާގެ މަންމަ ނަސީމާ އިބުރާހިމް ބުނީ، ސުމާގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ އަދިވެސް ހަމަޖެހިފައިނުވާއިރު ބެންގަލޫރުގެ ތިބުމާއި ކެއުމަށް ބޭނުންވާ ފައިސާވެސް ނެތް ކަމަށެވެ. އެހެންވުމުން ސުމާގެ މަންމަ އެދެނީ އާންމުގެ ދީލަތި އެހީއަށެވެ.

ސުމާއަށް އެހީވަމާ

ސުމާގެ މަންމަ (ނަސީމާ އިބުރާހިމް) ބީއެމްއެލް އެކައުންޓްތައް.

- 7706472803001 ރުފިޔާ
- 7730000400426 ޑޮލަރު
- ފޯނު ނަމްބަރު: 9967528 (ސުމާގެ މަންމަ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355