twitterviber whatsapp telegramfacebookyoutube instagram
19th May 2024

އަޒުޔާންގެ ހާލު ސީރިއަސް، ބޮލުގެ ބޮޑު އޮޕަރޭޝަނަކަށް އެހީ ހޯދަނީ

އަބްދުލް ވާހިދު ޙަސަން
May 7, 2024

މިވަގުތު އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ހަސަން އަޒުޔާން އަބުދުލް ހަމީދުގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއްކުރަން ތައްޔާރުވެއްޖެ އެވެ. އަޒުޔާނުގެ ހާލު ދެރަވެ މާދަމާ އޮޕަރޭޝަންކުރަން ޖެހޭއިރު އާއިލާއިން އެދެނީ އާންމުގެ ދީލަތި އެހީއާއި ހެޔޮދުއާއަށެވެ.

7 އަހަރުގެ ތުއްތު އަޒުޔާން ވަނީ ބޮލުގައި ޓިއުމަރެއް އުފެދި މީގެ ކުރިން ސިކުނޑީގެ ތިން އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ. އޭރު ކުރި ގިނަ އޮޕަރޭޝަންތައްވެސް ކުރުމުގެ އާންމުގެ ގިނަ ބައެއްގެ އެހީތެރިކަން އަޒުޔާންއަށް ލިބުނެވެ.

އަޒުޔާނުގެ މަންމަ ސުޒާނާ ކޭއޯއާ ވާހަކަދައްކަމުން ބުނީ، އަޒުޔާނުގެ ބޮލުގައި އުފެދޭ ފެން ބޭރުކުރުމަށް މީގެ ހަތަރު އަހަރު ކުރިން ލެއްވި ހޮޅި ބްލޮކްވެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ. މިވަގުތު އަޒުޔާންގެ ބޮލުގައި ގިނަ އަދަދެއްގެ ފެން ހުރުމުގެ ސަބަބުން ހާލު ގޯސްވެފައިވާ ކަމަށް އޭނާ މަންމަ މައުލޫމާތު ދިނެވެ.

އަދި ހަށިގަނޑު ލޮނު މަދުވެ އަޒުޔާންގެ އެއްފަރާ ރަނގަޅަށް މަސައްކަތްވެސް މިވަގުތު ނުކުރާކަމަށް ސުޒާނާ ބުންޏެވެ. ޑޮކްޓަރުންގެ ލަފަޔާއެކު ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހޭއިރު އާއިލާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މާލީ ދަތިކަމެވެ.

ސުޒާނާ ބުނީ، އާސަންދައިގެ އުސޫލަށް ގެނައި ބަދަލާއެކު މިހާރު އޮޕަރޭޝަނަށްދާ ހަރަދުގެ 35 އިންސަތަ އަމިއްލައަށް ހަރަދުކުރަން ޖެހޭ ކަމަށެވެ. އެހެންވުމުން އާންމުގެ އެހީތެރިކަމަށް އާއިލައިން އެދެ އެވެ.

އަޒުޔާނަށް އެހީވަމާ

- އާއިޝަތު ސުޒާނާ 7706462415101 (ބީއެމްއެލް ރުފިޔާ)
- އާއިޝަތު ސުޒާނާ 7730000000463 (ބީއެމްއެލް ޑޮލަރު)
- އިތުރު މަޢުލޫމާތު 7853916 (އަޒުޔާންގެ މަންމަ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355