twitterviber whatsapp telegramfacebookyoutube instagram
3rd October 2024

ތުއްތު އަޒުޔާންގެ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އަނެއްކާވެސް އެހީވަމާތޯ

ނަބީލާ އިސްމާޢީލް
Dec 28, 2022

ގިނަ ބައެއްގެ އެހީތެރިކަމާއެކު މީގެ ކުރިންވެސް ފަރުވާހޯދުމަށް އިންޑިއާއަށް ގޮސްފައިވާ ކުޅުދުއްފުށީ ސަބްނަމީގެ އަބްދުލް ހަމީދު އާއި ކުޅުދުއްފުށީ ތާޖް އާއިޝަތު ސުޒާނާގެ 3 ވަނަ ދަރިފުޅު ކަމުގައިވާ އުމުރުން އެންމެ 5 އަހަރުގެ ތުއްތު ހަސަން އަޒްޔާން އަބްދުލްހަމީދުގެ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އަނެއްކާވެސް އެ އާއިލާއިން އެދެނީ އެންމެހާ ލޮބުވެރި ރައްޔިތުންގެ އެހީތެރިކަމެވެ.

ހަސަން އަޒްޔާން (ޔާން)ގެ ލޮލުގެ އެތެރެއިން ނިރުލައިގެން އުފެދިފައިވާ ޓިއުމަރެއް ބޮޑުވަމުން ގޮސް މިހާރުވަނީ ޔާންގެ ސިކުނޑީގެ ނާރުތަކުގެ ތެރެއަށް އޭގެ އަސަރުފޯރާ ލޮލުގެ ފެނުންވެސް ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ޓިއުމަރު ނެގުމުމަށް ބޮލުގެ ބޮޑު ތިން އޮޕަރޭޝަން ކުރެވި ޓިއުމަރުގެ ބޮޑުބައެއް ވަނީ މިހާރު ނެގިފަ އެވެ. ނަމަވެސް ޓިއުމަރު އެއްކޮށް ނަގަން އަދި ދުވަސްނަގާނެ ކަމަށް ޑޮކްޓަރުންވަނީ ބުނެފަ އެވެ.

ޔާންގެ ފުރަތަމަ އޮޕަރޭޝަނަށް ފަހު އޭނާއަށް ކާންދިނުމަށް ނޭފަތަށް ވަނީ ހޮޅިއެއް ގުޅާފައެވެ. ނަމަވެސް އެ ހޮޅި ނެގެން އަންނަނީ ޔާންގެ އަނގައިން ކާތަކެތި ސީދާ ގޮހޮރަށް ދަތުރުކުރަން ފެށީމައި ކަމަށް ޑޮކްޓަރުން ބުނެ އެވެ.

"މީހުންނަށް އަސްލު ހީވަނީ ޔާން މިހާރު ފަލައްޔޭ. އެކަމަކު އަސްލު ފަލައްޔެއް ނޫން. އިހައްދުވަހު ޑޮކްޓަރަށް ދައްކަން ދިއުމުން އެނގުނީ. އަޅުގަނޑުމެން ވެސް ހީކުރީ އަސްލު އޭނަ ރަނގަޅުވަނީ ކަމަށް ގައިކުލަ ރީތިވެ. އެކަމަކު ޑޮކްޓަރު ބުނީ ފަލަ ވަނީއެއް ނޫން ކަމަށް، އަނގައިން ނުކެވޭ ކުއްޖަކު 3 މަސްދުވަސްތެރޭ އެ ވަރަށް ކިހިނެތްހޯ ފަލަވާނީ ދޯ. ޑޮކްޓަރު ބުނީ އޭނާގެ ހަށިގަނޑު އެތެރެއިން އެ ހުންނަނީ ވަރަށް ބޮޑަށް ދުޅަވެފައި ކަމަ." އަޒްޔާގެ މަންމަ ބުންޏެވެ.

ޔާންގެ މަންމަ ސުޒާނާ ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ހޮޅި ގުޅައިގެން ޔާން އަށް ކާންދޭތާ ގިނަދުވަސްތަކެއް ވެފައިވާއިރު ޔާން ގޮވައިގެން އެއްމެފަހުން އިންޑިއާއަށް ދިޔައީ ކާންދިނުމަށް އޭނާގެ ނޭފަތަށް ގުޅާފައިވާ ހޮޅި ނައްޓައިލެވޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ. ނަމަވެސް ޔާން އަށް އަނގައިން ކެވޭގޮތެއްނުވި އެވެ. އަނގައިން ކާންދިނުމުން ކާތަކެތި ފުއްޕާމެޔަށް ދަތުރުކުރާކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

"އެންމެ ފަހުން އިންޑިއާއށް ދިޔަ ފަހަރުވެސް ޔާން އެކްސްރޭ މެޝިންގ ތެރޭގަ ބައިންދައިގެން ބަލަމުން އެމީހުން ޔާންއަށް ކާންދިނީ. ޔާން އަނގައިން ކާތަކެތި ދަނީ ސީދާ އޭނާގެ ފުއްޕާމެޔަށް. ޑޮކްޓަރުން ބުނީ އަނގައިން ކާތަކެތި ފުއްޕާމެޔަށް ދަންޏާ ކާންދޭ ހޮޅި ނައްޓާނުލެވޭނެ ކަމަށް. އެހެންވެ އަންނަ ޖެނަވަރީ މަހު ޔާން ގޮވައިގެން ދާން ޖެހޭ އިންޑިއާއަށް."ސުޒާނާ ބުންޏެވެ.

ސުޒާނާ ބުނީ 2 އަހަރަށްވުރެއް ގިނަދުވަސް ވެއްޖެ ކަމަށް މި ގޮތައް 3 މަހުން 3 މަހުން އިންޑިއާއަށް ބޭސްފަރުވާއަށް ދާންޖެހޭތާ ނަމަވެސް ރައްޔިތުންގެ އެހީތެރިކަން ނުލިބޭނަމަ މިއީ އެ އާއިލާއަށް ކުޅަދާނަ ފަރުވާއެއް ނޫކަމަށާއި އަދިވެސް އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ހިތުގެ އެންމެ ފުންމިނުން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށެވެ.

މިހާރު އެ ތުއްތު ކުއްޖާގެ ބޮލުގައި އިން ޓިއުމަރުގެ ކިހާ ޕަސެންޓެއް ނުނެގި އިންކަންވެސް އެނގޭނީ މި ފަހަރު ގޮސް ދެއްކުމުން ކަމަށާއި ރޭޑިއޭޝަންވެސް ދޭނެ ކަމަށެވެ.

މާލެ ގޮސް އާސަންދައާއި ކަންކަން ހަމަޖެހިގެން ޖެނުއަރީ 23 ހާތާ ދެވޭނެކަމުގެ އުންމީދުގައި ސުޒާނާގެ އާއިލާގެ އާދޭހަކީ އެ ކުޑަ އާއިލާއިން އެ މީހުންގެ ދަރިފުޅައްޓަކައި އެ ވާ ގުރުބާނީއަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.

އަޒްޔާން މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން ސުޒާނާގެ ދެމަފިރިންނާއި، އެދެމަފިރިންގެ ކުޑަ އާއިލާ އެދެނީ ތިއަ އެންމެ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ.

އަޒްޔާނަށް އެހީވުމަށް:

  • އާއިޝަތު ސުޒާނާ 7706462415101 (ރުފިޔާ)
  • އާއިޝަތު ސުޒާނާ 7730000000463 (ޑޮލަރ)
  • އިތުރު މަޢުލޫމާތު 7853916، 9180016
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355