twitterviber whatsapp telegramfacebookyoutube instagram
18th October 2024

އަޒުޔާނުގެ ހާލަތު ދެރަ، މިހާރުނުވެސް ހިނގޭ

ނަބީލާ އިސްމާޢީލް
Oct 1, 2024

ލޮލުގެ އެތެރެއިން ނިރުލައިގެން އުފެދިފައިވާ ޓިއުމަރު ނެގުމަށްޓަކާ ހަސަން އަޒްޔާން އަބްދުލް ހަމީދު (7އ) ބޮލުގެ ތަފާތު ގިނަ އޮޕަރޭޝަންތައް ކުރެވިއްޖެ އެވެ. އަގުބޮޑު އެ އޮޕަރޭޝަންތަކުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެ އެވެ. އެކަމަކު އަދިވެސް ސިކުނޑީގައި އުފެދިފައިވާ ޓިއުމަރު އެއްކޮށް ނެގޭ ވަރެއް ނުވެ އެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ އަޒުޔާންގެ އެންމެ ތުއްތު ދުވަސްތަކުން ފެށިގެން ކުރަން ޖެހުނު މި ބޮޑެތި އޮޕަރޭޝަންތަކުންގެ ސަބަބުން އެހެނިހެން ސިއްހީ ބޮޑެތި މައްސަލަތައްވެސް ކުރިމަތިވަމުންދެ އެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ޓިއުމަރު ނެގުމުމަށް ބޮލުގެ ބޮޑު ހަތަރު އޮޕަރޭޝަން ކުރެވި ޓިއުމަރުގެ ބޮޑުބައެއް މިހާރު ވަނީ ނެގިފަ އެވެ.

އޭރު ކުރި ގިނަ އޮޕަރޭޝަންތައްވެސް އަދި ބޭސްފަރުވާތައް ކުރުމްށް އާންމުގެ ގިނަ ބައެއްގެ އެހީތެރިކަން އަޒުޔާންއަށް ލިބުނެވެ.

ބޮލުން ފެން ބޭރުކުރަން ދެ ހޮޅިއެއް ލައްވާފައިވާއިރު އެތަނުން އެއްހޮޅި މިހާރު ވަނީ ބެނދިފަ އެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ލޮނު އުފައްދައި ނުދިނުމުގެ ސަބަބުން ތުއްތު އަޒުޔާން މިހާރުވެސް އުޅެމުންދަނީ ވޭނީ ދިރިއުޅުމެކެވެ. އަދި ކީމޯ ދިނުމަށް ވައަތު އަރިކަށިން ވެއްދި ހޮޅިއެއްވެސް ވަނީ ބެނދިފަ އެވެ.

މީގެ ފަސްމަސް ކުރިން އިންޑިޔާގައި ފަރުވާ ހޯދަމުންދިޔުމުގެ ތެރެއިން ހާލަތު ގޯސްވެ އެއްފަރާ ޕެރަލައިޒްވި އެވެ. އޭގެ ސަބަބުން ހިނގައި ބިގާވެ ނުޅެވެ އެވެ. އެކަނި ދިރިއުޅެމުން އަންނަ އަޒުޔާންގެ މަންމަ ސުޒާނާގެ ހުރިހާ ވަގުތެއް ދެނީ އޭނާގެ އަޒުޔާނަށެވެ. ސުޒާނާ މިހާރު އެންމެ ބޮޑު ބޭނުމަކަށްވީ އަޒުޔާނަށް ކުރިން އުޅުނުހެން ހިނގާލެވޭ ދުވަހަކަށެވެ.

އެކަމަކު އެކަމަށް ފަރުވާ ހޯދަންވެސް ދާން ޖެހެނީ އިންޑިޔާއަށެވެ. އެންމެފަހުން ކުރި އޮޕަރޭޝަންތަކަށްފަހު ތިންމަސްފަހުން ޑޮކްޓަރަށް ދައްކަން ދާންޖެހުނަސް ހަރަދުކުރާނެ ފައިސާ ނެތުމުން އިންޑިޔާއަށް ނުދެވި އުޅޭތާ މިހާރު ފަސް މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ޑޮކްޓަރުންގެ ލަފަޔާއެކު ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހޭއިރު އާއިލާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މާލީ ދަތިކަމެވެ.

ސުޒާނާ ބުނީ، އާސަންދައިގެ އުސޫލަށް ގެނައި ބަދަލާއެކު މިހާރު އޮޕަރޭޝަނަށްދާ ހަރަދުގެ 35 އިންސަތަ އަމިއްލައަށް ހަރަދުކުރަން ޖެހޭ ކަމަށެވެ. އެހެންވުމުން އާންމުގެ އެހީތެރިކަމަށް އާއިލައިން އެދެ އެވެ.

އަޒްޔާން މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން ސުޒާނާގެ ކުޑަ އާއިލާ އެދެނީ ތިއަ އެންމެ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ.

އަޒުޔާނަށް އެހީވަމާ

- އަޒްޔާންގެ މަންމަ [އާއިޝަތު ސުޒާނާ ] 7706462415101 (ބީއެމްއެލް ރުފިޔާ)
- އަޒްޔާންގެ މަންމަ [އާއިޝަތު ސުޒާނާ ] 7730000000463 (ބީއެމްއެލް ޑޮލަރު)
- އިތުރު މަޢުލޫމާތު 7853916 (އަޒުޔާންގެ މަންމަ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355