ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ޓީމް ތާރޓީ ޕުލަސް އިން ހޯދައިފި އެވެ.
ތާރޓީ ޕުލަސް މުބާރާތް ކާމިޔާބް ކޮށްފައިވަނީ އެއްވެސް މެޗަކުން ބަލި ނުވެ ވަރަށް ފުރިހަމަ ކާމީޔާބީއަކާ އެކު ފައިނަލަށް ގޮސް ޓީމް ފައިވް އާ ބައްދަލްކޮށް 39 – 25 ޝޫޓުންނެވެ.
ކާމިޔާބީތަށް ލިބިފައިވާ ކުޅުންތެރިންނަށް މެޑެލް އާއީ ޓްރޮފީ ހަވާލުކޮށްދެއްވާފައިވަނީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާނުން ކަމަށްވާ ކުޅުދުއްފުށީ ކައުންސިލްގެ ރައިސް އަބްދުލަތީފް ހަސަނާއި އަފީފުއްދީން ސްކޫލުގެ ޕުރިންސިޕަލް ނާސިހާ އިދުރީސްގެ އިތުރުން ކުޅުދުއްފުށީ ޔޫތް އެން ރިކްރިއޭޝަން ކުލަބުގެ ރައީސް ފަޒްނާ ޖަލީލްއެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ ތާރޓީ ޕުލަސްގެ ގޯލް އެޓޭކް ނަސީމާ އިބްރާހިމް، ގޯލްޑިފެންސް ފާތިމަތު އާދަމް، ވިންގް އެޓޭކް ނާޝިދާ މޫސާ، ސެންޓާރ ޝާހިދާ މޫސާ، ޓީމް ފައިވްގެ ގޯލްޑިފެންސް މިންނާ ހަސަން، ސެންޓާރ އިނާސާ މޫސާގެ އިތުރުން ކުލަބް ކޮރަލްގެ ގޯލް އެޓޭކާރ ޝަރޫނާ މޫސާއެވެ.
ފައިނަމް މެޗްގެ ކުއީންއޮފްދަ މެޗަށް ހޮވިފައި ވަނީ ތާޓީ ޕުލަސްގެ ސެންޓާރ ޝާހިދާ މޫސާއެވެ.
ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކުލަބަކީ ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރާ އަދި ކުޅުންތެރިން އުފައްދަން މަސައްކަތްކުރާ ކުލަބެކެވެ. މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު 6 ޓީމް އާއެކު ސްޓޭޑިއަމްގައި ފަށައިގެން ކުރިޔަށްދިޔަ މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމް ތަކަކީ ނޯޓީ 40، ތާރޓީ ޕުލަސް، ޓީމް ސްޓާރ، ޓީމް ސައިރެން، ޓީމް ފައިވް އާއި ކުލަބް ކޮރަލްސް އެވެ.