ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ރަށު ޤުރުއާން މުބާރާތުގައި ތިން ސްކޫލަކާއި ފަސް ޤުރުއާން ކުލާހަކުން ބައިވެރިވެއްޖެ އެވެ.
ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ ޖަލާލުއްދީން ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި އަފީފުއްދީން ސްކޫލެވެ. ޤުރުއާން ކުލާސްތަކުގެ ތެރޭގައި ހިލާލް ޤުރުއާން ކުލާސް، ބަޝާއިރުލް ޤުރުއާން ކުލާސް، އިޙްލާސް ޤުރުއާން ކުލާސް، ހިރި ޤުރުއާން ކުލާސް އަދި ޢުލޫމުލް ޤުރުއާން ކުލާހެވެ.
މި މުބާރާތުގައި ޖުމްލަ 102 ދަރިވަރަކު ކިޔަވާއިރު ބަލައިގެން ކިޔަވާ ގޮފީގައި 62 ދަރިވަރުން އަދި ނުބަލައި ކިޔަވާ ގޮފިން 40 ދަރިވަރެކެވެ.
މިމުބާރާތް އޮންނަނީ މިމަހު 14-16 އަށް އަފީފުއްދީން ސްކޫލުގަ އެވެ.