ޑަބްލިއުއެސްއޭ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް - 1 ހަފްތާ ކުރިން - 4 ފެބްރުއަރީ 2019


ޑަބްލިއު ސްޕޯޓް އެކަޑެމީން ބޭއްވި އޮފީސް ބެޑްމިންޓަން މުބާރާތުގެ ތެރެއިން--

ޑަބްލިއު ސްޕޯޓް އެކަޑަމީއިން މިމަހު 20 ގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 10 ވަަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު ޓީމް ލިސްޓް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށައަޅަން ޖެހެއެވެ.

ކުޅުދުއްފުށީ ޔޫތް ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ފީ އެއްގެ ގޮތުގައި 800 ރުފިޔާ ދައްކަންޖެހެއެވެ.

ޑަބްލިއު ސްޕޯޓް އެކަޑަމީން މިދިޔަ އަހަރުވެސް ވަނީ އޮފީސްތަކަކަށް ހުޅުވާލައިގެން އަދި އަންހެން ފިރިހެން ވަކިން ދެ ޖިންސުގެ މީހުންނަށް ހުޅުވާލައިގެންވެސް ބެޑްމިންޓަން މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ.


ގުޅުން ހުރި ލިޔުންތައް