twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްއިން ދޫކުރާ ޕާސަނަލް ލޯނުތަކަށް ބަދަލު ގެނެސްފި

Feb 11, 2019

ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަދި ލޯނު ނެގުމުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ދޫކުރާ ލޯނުތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްފިއެވެ.

މި ގެނުވުނު ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނުގެ ގޮތުގައި300,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބިގެންދާނެކަމަށާއި މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ކަނޑައެޅިފައި ވާ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ލުއި އެކްސްޕްރެސް ލޯނަކީ އެއްވެސް ރަހުނަކާ ނުލައި ގަވައިދުން އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ދޫކުރާ ލޯނެކެވެ. އަދި މިލޯނަށް އެދި ހުށަހަޅާއިރު ރަހުނެއްވެސް ބޭނުމެއް ނުވެއެވެ. އަދި އަމިއްލައަށް އެއްވެސް ހަރަދެއްވެސް ކުރަންނުޖެހެއެވެ.

ބީއެމްއެލް އިން ވަރަށް ކުރީއްސުރެ ,00015 ރުފިޔާ އާ ހަމަޔަށް ދޫކުރާ ލުއި ލޯނުވެސް މިވަނީ ލުއި މައިކްރޯ އަށް ބަދަލުކުރެވިފައެވެ. މިއީ ގަވައިދުން މުސާރަ ނުވަތަ އާމްދަނީ ނުލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ލޯނެކެވެ. މި ލޯނަށް ގެނެވުނު ބަދަލާއެކު އެއްވެސް ރަހުނަކާ ނުލައި 25,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. މި ލޯނު ހަލާސްކުރުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ.

މީގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފް ސްޓައިލް ލޯނަށްވެސް ބަދަލު ގެނެސްފައެވެ. މިގޮތުން އެއްވެސް ރަހުނަކާ ނުލައި 5 އަހަރުގެ މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް 100,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. ރަހުނަކާއެކު 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ބީއެމްއެލް ލައިފްސްޓައިލް ލޯން ދޫކުރެއެވެ.

މީގެ އިތުރުން ބީއެމްއެލް ކިޔަވާ ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ ދަތިތައް ފަސޭހަކުރުމުގެ ގޮތުންނާއި ދަރިވަރުންގެ ކިޔެވުމަށް ކުރާ ހޭދަ ބެލުމަށްޓަކައި ބޭންކުން ގެންދާ ޕްރޮސެސްއަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355