twitterviber whatsapp telegramfacebookyoutube instagram
19th March 2024

އަދާލަތުން ނެރޭ ކޮންމެ ކެނޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއް: ޝެއިހް އިމްރާން

Feb 15, 2019

ރައްޔިތުން މަޖިލީހަށް އަދާލަތު ޕާޓީން ނެރޭ ކޮންމެ ކެނޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއްކަމަށް އެ ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ފަރާތުން ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސެއިން ޝަގީފްގެ ކެމްޕެއިން އިފްތިތާހްކޮށްދެއްވާ މިރޭ ވާހަކަފުޅު ދައްކަވަމުން ޝެއިހް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން މަޖިލީހަށް ނެރޭ ކޮންމެ ކެނޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއް ކަމަށާއި އެހެންވުމުން އެ ޕާޓީގެ ފަރާތުން އިންތިހާބު ކާމިޔާބުކުރައްވައި ކޮންމެ ކެނޑިޑޭޓަކީ އެއީ ސަރުކާރުގެ ކެނޑިޑޭޓެއް ކަމަށެވެ.

އެހެންކަމުން ވައިކަރަދޫއަށް އުފަން ޝަގީފަކީ ސަރުކާރުގެ ކެނޑިޑޭޓެއް ކަމަށާއި މި ހަގީގަތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހާމަވެގެންދާނެކަމަށް ޝެއިހް އިމްރާން ވިދާޅުވި އެވެ.

“އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ފަރާތުން މި ދާއިރާއަށް ނެރޭ ކެންޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއް. ކޯލިޝަންގެ ކެނޑިޑޭޓެއް. އަދާލަތު ޕާޓީން މިފަހަރު ކާމިޔާބުކުރެވޭ ކޮންމެ ކެނޑިޑޭޓަކީ އެއީ ސަރުކާރުގެ ކެނޑިޑޭޓެއް.” ވައިކަރަދޫގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީއަށް ބޮޑު ތާއިދެއް އޮންނަ ވައިކަރަދޫގައި ވާހަކަ ދައްކަބަމުން އިމްރާން ވިދާޅުވީ އެހެންވުމުން އަދާލަތު ޕާޓީން މަޖިލީހަށް ހޮވޭ ކޮންމެ މެމްބަރަކީ ސަރުކާރުގެ މެމްބަރެއްކަމަށެވެ. އަދި އެކަން އެމަނިކުފާނުގެ ހިތުން ކޯލިޝަންގެ އެއްވެސް ބައިވެރިޔަކު ޝައްކުނުކުރާނެކަމަށެވެ.

“އަދާލަތު ޕާޓީގެ ކޮންމެ ކެނޑިޑޭޓަކަށް ދެވޭ ކޮންމެ ވޯޓަކީ ސަރުކާރަށް ދެވޭ ވޯޓެއް، ސަރުކާރު ސާބިތުކުރުމަށް ދެވޭ ވޯޓެއް، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ދެވޭ ވޯޓެއް. އިމްރާން ވިދާޅުވި އެވެ.

ޝެއިހް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އޮތީ ސަރުކާރާ އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއެކު ކަމަށެވެ. އެހެންވުމުން ޝަގީފް ގޮވައިގެން މިނުކުންނަނީ ހަމައެކަނި އަދާލަތު ޕާޓީގެ އެކަނި ކެނޑިޑޭޓެއްގެ ގޮތުގައި ނޫން ކަމަށާއި ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގަކަމަށެވެ.

“ސަތިރީސް” ނަމުގައި މަޖިލިސް އިންތިހާބަށް އަދާލަތު ޕާޓީން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ކެމްޕެއިން ހަރަކާތް ފަށާފައިވަނީ ބުރާސްފަތި ދުވަހު ރޭ ހދ. މަކުނުދޫގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355