twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތަމްރީންތަކަށް ކުޅުދުއްފުށީގެ ދެ އެތުލީޓަކު އިންޑިއާގެ ބެންގަލޫރަށް

Feb 20, 2019

އިންޑިއާ ސަރުކާރުން އެތުލެޓިކްސް އެސޯސިއޭޝަނަށް ހަމަޖައްސައި ދީފައިވާ އެތުލެޓިކްސް ޓްރެއިނިން ސްކޮލަރޝިޕްގައި 09 އެތުލީޓުންނާއި 2 ކޯޗުން އިންޑިއާގެ ބެންގަލޫރަށް ފޮނުވާގޮތަށް ހަމަޖައްސައި ސްކޮލަރޝިޕަށް ދާނެ އެތުލީޓުން ކަނޑައަޅައިފިއެވެ. މިނުވަ އެތުލީޓުންގެ ތެރެއިން ކުޅުދުއްފުށީގެ ދެ އެތުލީޓަކުވެސް ހިމެނެ އެވެ. އެއީ ހުސެއިން ރިޒާ އާއި މުހައްމަދު ޝާމް އަހުމަދެވެ.

މިގޮތުން ޓްރެއިނިން ފޮނުވަން އެސޯސިއޭޝަނުން ހޮވާފައިވާ އިތުރު އެތުލީޓުންނަކީ ހަސަން ސާއިދު، ހުސައިން ފަޒީލް ހާރުން، ނުޖޫމް ހަސަން، ސަރީޝް އަހުމަދު، އިބާދުﷲ އާދަމް، އިބްރާހީމް އަޝްފާން އަލީގެ އިތުރުން މުހައްމަދު ނާއިލް އެވެ. ޓީމްގެ ކޯޗުންގެ ގޮތުގައި ހޮވާފައިވަނީ ނޭޝަނަލް ސްޕްރިންޓް ހެޑްކޯޗް އަހުމަދު ފާއިލް އާއި މުހައްމަދު އާމިރެވެ.

އިންޑިއަން ހައިކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަރޝިޕްގައި ފޮނުވާ އެތުލީޓުންނަށް ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ އެކްޓިން އެމްބެސެޑަރ އަރުޗަނާ ނާއިރުއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގެ އެތުލީޓުން މިމަހުގެ 21ން ފެށިގެން އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ބެންގަލޫރު ޓްރެއިނިން ސެންޓަރުގައި ތަމްރީން ވާނެވެ.

ރާއްޖެއިން ބެންގަލޫރަށްދާ 9 އެތްލީޓުން–

އިންޑީއާ ސަރުކާރުގެ އެހީގެ ދަށުން މީގެ ކުރިންވެސް ރާއްޖޭގެ އެތުލީޓުން ވަނީ ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގައި ތަމްރީންތަށް ހަދާފައެވެ. އޭގެ ތެރޭގައި 2010ވަނަ އަހަރުގެ ދިއްލީ ކޮމަންވެލްތް ގޭމްސްގެ ޓްރެއިނިން 2015 އައި އޯ އައި ޖީ ޓްރެއިނިން އަދި 2017ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ޓްރެއިނިން ޕްރޮގްރާމް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355