twitterviber whatsapp telegramfacebookyoutube instagram
11th September 2026

ބީއެމްއެލް ގައްދޫ ބްރާންޗް ހުޅުވައި ސެލްފްސަރވިސް ބޭންކިންގެ ހިދުމަތް ފަށައިފި

Feb 21, 2019

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ގ.ދ ގައްދޫގައި އާ ބްރާންޗެއް ހުޅުވައި ސެލްފް ސަރވިސް ބޭންކިން ހިދުމަތް ފަށައިފިއެވެ.

މި ބްރާންޗްގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

އަދި ބޭންކިންގ ހިދުމަތް ދޭ ގަޑިތަކުގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށްވެސް މައުލޫމާތު ދެއެވެ.

އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން މިހާރު މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ގެ ހިދުމަތް ބޭކުން ދަނީ ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293