twitterviber whatsapp telegramfacebookyoutube instagram
1st May 2025
ADVERTISEMENT

ބީއެމްއެލް އިން ވެހިކަލް ލޯނު ތައާރަފްކޮށްފި

Feb 24, 2019

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ‘ވެހިކަލް ލޯން’ ތައާރަފްކޮށްފިއެވެ. މިލޯނަކީ އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ކުރުމަށް ގަންނަން ބޭނުންވާ ވެހިކަލް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފްކުރި ލޯނެކެވެ.

މި ލޯނަކީ ދިވެހި ރާއްޖޭގައި ވެހިކަލް ގަތުމަށް މަހަކު ދައްކަން ޖެހޭ އެންމެ ކުޑަ އަދަދު ކަނޑައެޅިފައިވާ ލޯނެވެ. އަދި ހަމައެހެންމެ މިއީ ރާއްޖޭގައި އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަށްވުރެންވެސް ކުޑަ އަދެދެކެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދި ހުށަހަޅާއިރު ގަންނަން ބޭނުންވާ ވެހިކަލްގެ %20 ކަސްޓަމަރު އަމިއްލަ އަށް ޚަރަދު ކުރަންޖެހޭނެއެވެ. ބީއެމްއެލް ވެހިކަލް ލޯން ގެ ދަށުން ގަންނަން ހުށައަޅާ ކޯޓޭޝަނަކީ ބީއެމްއެލް އާއކު އެގްރީމަންޓް ކުރެވިފައިވާ ޑީލަރއެއްގެ ކޯޓޭޝަނަކަށް ވާންވާނެއެވެ.

މި ގޮތުން ރަހުނަކާ ނުލައި 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބިގެން ދާނެއެވެ.

އަދި މި ލޯނުގެ ދަށުން ގަނެވޭ ވެހިކަލް ވާންޖެހޭނީ ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ވެހިކަލް އަކަށެވެ. ބޭންކާއެކު އެއްބަސްވުން ހަދާފައިވާ ވެހިކަލް ޑީލަރސްގެ ލިސްޓް ބޭންކް ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެއެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލްގެ ކޮންމެ ބްރާންޗްއަކަށްވެސް ހުށަހެޅިދާނެއެވެ. އަދި އިންޓަނެޓް ބޭންކިންއަށް ލޮގިން ކުރުމަށް ފަހު އޮންލައިން ކޮށްވެސް ހުށަހެޅިދާނެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com