twitterviber whatsapp telegramfacebookyoutube instagram
13th May 2026

ތަޖުރިބާކާރު ކަރުންމަތީގެ ޑޮކްޓަރު މައުރޫފް ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކަށް

Apr 15, 2025

ތަޖުރިބާކާރު ކަރުންމަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މައުރޫފް ހުސެއިން ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކްގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިމަހު 25 އަދި 26 ގައި އެ ކުލިނިކުގައި ޑޮކްޓަރު މައުރޫފް ހުސެއިން ބަލި މީހުން ބަލާގޮތަށް ހަމަޖެހިފައިވާއިރު ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެކުލިނިކްގެ ނަމްބަރު 6528181 ނުވަތަ 7328181 ވައިބާކޮށްގެން އެޕޮއިންޓްމެންޓް ހެދޭނެ އެވެ.

ޑޮކްޓަރު މައުރޫފް ފަރުވާ ދެއްވާ ދާއިރާތަކުގެ ތެރޭގައި:

  • ޓޮންސިލްގެ ފަރުވާ
  • ކަރުތެރޭގެ ތަދުތައް
  • އަޑުގެ މައްސަލަތައް
  • ނޭފަތުގެ އެލާޖިން މައްސަލަތައް
  • ނޭފަތުން ލޭއައުން
  • ސައިނަސް މައްސަލަތައް
  • ކަންފަތުގައި ރިއްސުމާއި އިންފެކްޝަންތައް
  • ކަންފަތުގައި މަޑުލުން
  • ބޯ އެނބުރުން

ތަޖުރިބާކާރު ޑރ މައުރޫފް ހުސެއިންއަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޑޮކްޓަރެކެވެ.

ކުޅުދުއްފުށީ ހިކިފިނިފެންމާގޭގައި އަމީނީ މަގަށްވާގޮތަށް ހުންނަ މި ކުލިނިކް ހުޅުވާފައި ހުންނާނީ 08:30 – 16:00 | 20:00 – 22:00 އަށެވެ. ހާޖީ މެޑިކަލް ކުލިނިކް އިން ދަތުގެ ގިނަ ފަރުވާތައްވެސް ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355