twitterviber whatsapp telegramfacebookyoutube instagram
28th April 2025

ކިޑްނީ އަދި އެތެރެހަށީގެ ހާއްސަ ޑޮކްޓަރު އަހުމަދު އަބުދުﷲ ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކަށް

Apr 28, 2025

ކިޑްނީ އަދި އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ އަހުމަދު އަބުދުﷲ ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކްގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑރ އަހުމަދު އަބުދުﷲ އެ ކްލިނިކްގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 9 އަދި 10 ވަނަ ދުވަހު އެވެ.

އެޕޮއިންޓްމެންޓް ހެއްދެވުމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6528181 ނަންބަރަށް ގުޅުން އެދެމެވެ. އަދި 7328181 ނަންބަރަށް ވައިބާކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

ފަރުވާދޭ ދާއިރާތައް

- ކިޑްނީގެ މަސައްކަތް ދަށްވެފައިވާ ހުރުން.
- ކިޑްނީ ބަދަލުކުރުމާ ގުޅޭ ފަރުވާ.
- ހީމޯޑައިލިސިސް.
- ޕެރިޓޯނިއަލް ޑައިލިސިސް.
- ކިޑްނީގެ މައްސަލައަކުން ދުޅަވުން (ކުޑަކުދިން/ބޮޑެތި މީހުން).
- ކިޑްނީގައި ހިލަ އުފެދުން.
- ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތައް

މީގެ އިތުރުން ލޭ މައްޗަށް ދިޔުމާއި ހަކުރުބަލި، ކޮލެސްޓްރޯލް އާއި ތައިރޮއިޑްގެ އިތުރުން އެހެނިހެން އެތެރެހަށީގެ ބަލިތަކަށްވެސް ފަރުވާ ދޭނެ އެވެ.



އެޕޮއިންޓްމެންޓް ހޯދުމަށް ނަންނޯޓްކުރުން ކުރިއަށްދާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00-12:00 އާއި 13:00-16:30 އަށް އަދި ރޭގަނޑު 20:00-22:00 އަށެވެ.

ދަތުގެ ފަރުވާއަށް ހާއްސަކޮށް ކުޅުދުއްފުށީގައި ހުޅުވި ހާޖީ މެޑިކަލް ކުލިނިކްގައި ދަތުގެ ތަފާތު ހިދުމަތްތަކުގެ އިތުރުން ވިޒިޓިން ޑޮކްޓަރުންގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355