twitterviber whatsapp telegramfacebookyoutube instagram
29th April 2025

އަންހެނުން ކޮމެޓީން ތަޖުރިބާ ހޯދަން މިފަހަރު ދިޔައީ ލަންކާއަށް

އަބްދުލް ވާހިދު ޙަސަން
Apr 29, 2025
2

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން ގާބިލްކަން އިތުރުކުރުމަށް ފާއިތުވި ހަފުތާގައި ސްރީލަންކާއަށް ދަތުރެއްކޮށްފ އެވެ. މި ދަތުރަކީ އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު އިތުރުކޮށް، ތަޖުރިބާ ހޯދުމަށް ކުރި ދަތުރެއްކަމަށް އެ ކޮމެޓީން މައުލޫމާތުދެ އެވެ.

އެޕްރީލުމަހު 16-23 އަށް ކުރި މި ދަތުރުގައި ކޮމެޓީގެ ރައީސާ ހަދީޖާ މުސާ ހިމެނެހޭހެން ފަސް މެންބަރުންނާއި މުވައްޒަފަކު ބައިވެރިވެލެއްވި އެވެ. މި ދަތުރުގައި ބައިވެރިވެވަޑައިނުގަންނަވަނީ އެ ކޮމެޓީގެ ނައިބު ރައީސާ އާތިފާ އަލީ އެވެ.

މި ކޮމިޓީގެ ވަފުދުން ސްރީލަންކާގެ އެކި އަންހެނުން އިސްވެ ހިންގާ ޖަމިއްޔާތަކަށް ޒިޔާރަތްކޮށް ތަޖުރިބާ ހިއްސާކޮށްފައިވެ އެވެ. މި ޒިޔާރަތްތަކުގައި ކުޅުދުއްފުށީ އަންހެނުން އަތުން ތައްޔާރުކުރާ ތަކެތި ދައްކުވައިދީ، ސަގާފީ އަދި ފަންނީ ތަޖުރިބާތައްވެސް ހިއްސާކޮށްފައިވާކަމަށް ކޮމިޓީން މައުލޫމާތު ދެ އެވެ.

ކޮމެޓީ މެންބަރު ޒިޔާރަތްކުރި ތަންތަނުގެ ތެރޭގައި އަންހެނުން ހިންގާ ހޮޓަލެއްކަމަށްވާ އަމްބަރ ޔާލު އަންހެނުންގެ ހޮޓަލާއި މެޑިޓޭޝަން ކުރުމަށް ވަކިން ހުންނަ އަންހެނުންގެ މޮނާސްޓަރީއަކަށާއި ހަކީމީ ބޭސް ފަރުވާދޭތަނަކާއި، އަންހެނުންގެ އުފެއްދުންތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ މަރުކަޒެއް ހިމެނެއެވެ.

ދަތުރުގެ އެންމެ މުހިންމު އެއް ބައްދަލުވުމަކީ ޕާލިމެންޓް މެންބަރު ހިރުނިކާ ޕްރެމަޗަންދްރާއާއެކު ބޭއްވުނު ބައްދަލުވުމެވެ. މި ބައްދަލުވުމުގައި އަންހެނުން ސިޔާސީ ދާއިރާގައި ބައިވެރިވުމާ ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށް ކޮމެޓީން މައުލޫމާތުދެ އެވެ.

މި ޕްރޮގްރާމުން ބާރުވެރިކުރުވުމުގެ ނަމޫނާތަކާ ބެހޭ ގޮތުން އަގުހުރި މައުލޫމާތުތަކެއް ލިބުނުކަމަށާއި މިކަމުގެ ސަބަބުން އަމިއްލަ މުޖުތަމައުގެ ތެރޭގައި މިފަދަ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ހިތްވަރު ލިބުނުކަމަށް ކޮމެޓީން ބުންޏެވެ.

މީގެ ކުރިންވެސް އަންހެނުން ކޮމެޓީން މިފަދަ ތަޖުރިބާތައް ކުރި އެވެ. އެކަމަކު މިއީ އެ ކޮމެޓީން ރާއްޖޭއިން ބޭރަށް ތަޖުރިބާ ހޯދަން ކުރި ފުރަތަމަ ދަތުރެވެ. މީގެ ކުރިން އެ ކޮމެޓީން ތަޖުރިބާ ހޯދަން ދިޔަ ރަށްތަކުގެ ތެރޭގައި ހިމެނެނީ ގދ ތިނަދޫ، ގދ ފަރެސްމާތޮޑާ، ގއ ވިލިނގިިލި، ގއ ކޫއްޑޫ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ ގަން، ލ ފޮނަދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355