twitterviber whatsapp telegramfacebookyoutube instagram
12th May 2026

ބޯޒިޔާރާތް ބީޗް ތަރައްގީކުރަން ޕްލަސް ބީ އާ ހަވާލުކޮށްފި

Apr 30, 2025
2

ކުޅުދުއްފުށީ ބޯޒިޔާރާތް ބީޗް ތަރައްގީކުރަން ޕްލަސް ބީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. ބޯޒިޔާރާތް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ.

ސިޓީ ކައުންސިލުން ބުނީ، މިމަސައްކަތުގެ ތެރެއިން ބީޗް ސަރަހައްދުގެ އެންޓްރެންސް ވީލްޗެއަރ އެކްސެސްއާއެކު ތަރައްގީކޮށް، ބައުންޑަރީ ވަކިކޮށް، ފާހަނަބަރި، 11 ބީޗް ހަޓް، ބާބިކިއު އޭރިއާ، 2 ޝަވަރ، އަދި ވޯކްވޭ ހިމެނޭނެ ކަމަށެވެ.

އަދި މީގެ އިތުރުން މުޅި ސަރަހައްދުގެ ލޭންޑްސްކޭޕިންގ އާއި އިތުރުން އެހެނިހެން މަސައްކަތްތައް ކުރެވިގެންދާނެކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

3.79 މިލިއަން ރުފިޔާގެ މި މަޝްރޫއު 77 ދުވަސްތެރޭގައި ނިންމަ ޖެހެ އެވެ.

ޕްލަސް ބީ ކުންފުންޏަށް ބީޗް ތަރައްގީކުރަން ހަވާލުކުރިއިރު އެތަނުގެ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފައިވަނީ ބެންްޒީ ޕްރައިވެޓް ލިމިޑެޓާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ ގޮނޑުދޮށުގެ ވެލިގަނޑު ހިފެހެއްޓުމައްޓަކާ 4 ގްރޮޔިން ޖެހުމާއި ގޮނޑުދޮށުގެ ވެލިގަނޑު ފުރާނާ ގައުތައް ނެގުމުގެ މަސައްކަތެވެ.

މިއަހަރުގެ މާރޗުމަހު ބެންޒީއާއެކު އެއްބަސްވުމުގެ ސޮއިކުރެވުނުއިރު މި މަސައްކަތުގެ އަގަކީ 3.37 އެވެ. އެ މަޝްރޫއުގެ މަސައްކަތުގެ މުއްދަތަކީ 150 ދުވަހެވެ.

ބޯޒިޔާރާތް ބީޗް ތަރައްގީކުރުމާ މެދު ރައްޔިތުންގެ ހިޔާލާއި މަޝްވަރާވެސް ސިޓީ ކައުންސިލުން ހޯދި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355