twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބެސްޓްބަޑީން އެމްޕީޓީ ބުރޭންޑްގެ ޓޫލްސް ރާއްޖޭގެ ބާޒާރަށް ނެރެފި

Mar 7, 2019

 ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފައްދާ އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ވިއްކުމަށް ދިވެެހިރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓެއްގެ ގޮތުގައި ބެސްޓް ބަޑީ ހަމަޖައްސާ އެކުންފުންޏާއި ބެސްޓް ބަޑީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޕީޓީ ( މޯސްޓް ޕްރޮފެޝަނަލް ޓޫލްސް ) އަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދަމުން އަންނަ ކޮލިޓީ ރަނގަޅު މަޝްހޫރު ބްރޭންޑެކެވެ. މި ކުންފުނިން އުފައްދައި ޓޫލްސްތަކުގެ ތެރޭގައި ތެދުއިވަޑާމާއި ކިއްސަރުވަޑާމުގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ޓޫލްސްތަކުގެ އިތުރުން އާއްމު ބޭނުންތަކުގައި ބޭނުންކުރާ ތަފާތު ގިނަ ވައްތަރުގެ ޓޫލްސްތައް ހިމެނެއެވެ.

ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުގައި މިހާރުވެސް އެމްޕީޓީގެ އެކްސް ކުލޫސިވް އޭޖެންޓުން ތިބޭއިރު ރާއްޖޭގައި މި ބްރޭންޑްގެ ޓޫލްސްވިއްކުމަށް އެޖެންޓްކަން ދީފައިވަނީ ހަމައެކަނި ބެސްޓްބަޑީއަށެވެ.

މިކަމާ ބެހޭ މައުލޫމާތު ކޭއޯއަށް ދެއްވަމުން ބެސްޓްބަޑީގެ އޯނަރ އިބްރާހިމް ރަޝީދު ވިދާޅުވީ، އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ރާއްޖެއަށް ތައާރަފްކުރުމުގެ ގޮތުން ފާއިތުވި 3  މަސްދުވަހު އެ ބްރޭންޑްގެ ތަފާތު އައިޓަމްތައް ރާއްޖެ އެތެރެކޮށް ބާޒާރަށްނެރެފައިވާނެ ކަމަށާއި، އަދި ކަސްޓަމަރުންގެ ފީޑްބެކަށް ބެލުމަށްފަހު ކޮލިޓީ ރަނގަޅު ބްރޭންޑެއް ކަމަށް ކަސްޓަމަރުންގެ ފަރާތުން ކޮމެންޓް ލިބިފައިވާ ކަމަށެވެ.

ވަރަށް ގިނަ ކަސްޓަމަރުން އެމްޕީޓީ ބްރޭންޑްގެ ޓޫލުސްގެ އަޖުމަ ބެލުމަށްފަހު އެ ބުރޭންޑްގެ ޓޫލުސް ބައްލަވައިގަތުމަށް ޝައުޤުވެރިކަން ފާޅުކޮށް އޯޑަރ ކުރައްވަމުންދާކަން ރަޝީދު ފާހަގަކުރެއްވިއެވެ.

އާއްމު ގޮތެއްގައި ރާއްޖޭގެ ބާޒާރުގައި މިހާރު ލިބެން ހުންނަ މަޝްހޫރު ބްރޭންތައް ކަމުގައިވާ މަކިޓާ، ބޮސްކު، މެޓާބޯ ފަދަ ބްރޭންޑުތަކަށްވުރެ ހެޔޮއަގައި އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ބެސްޓް ބަޑީއިން ލިބޭނެކަމަށާއި، އަދި ކޮލިޓީވެސް މަޝްހޫރުކަމަށް ބުނާ ބްރޭންޑްތަކާ އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޕީޓީ ބްރޭންޑްގެ ޓޫލްސްގެ ބޮޑު ސިޕްމަންޓެއް އެޕްރީލް މަސްތެރޭ ރާއްޖެ ގެނެވޭނެކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ހުސްނުކޮށް ބެސްޓްބަޑީގެ ފިހާރަތަކުން، ކުޅުދުއްފުއްޓާއި މާލެއިން މިތަކެތި ފަސޭހަ ކަމާއެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަންނަން ލިބޭނެކަން ރަޝީދު ފާހަގަކުރެއްްވިއެވެ.

ބެސްޓް ބަޑީއަކީ ބެޓެރީ ވެހިކަލް ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރުވަމުން އަންނަ ފިހާރައެެކެވެ. މި ދިޔަ މަހު ބެސްޓް ބަޑީގެ ފަރާތުން ކުޅުދުއްފުށީގައި ވަނީ ހާޑްވެއަރ ފިހާރައެއް ހުޅުވާފައެވެ. އަދި މި މަހު ބެސްޓްބަޑީގެ ޝޯރޫމެއް މާލޭގައިވެސް ވަނީ ހުޅުވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355