twitterviber whatsapp telegramfacebookyoutube instagram
8th June 2025

ފެބުރުވަރީ މަހު 1.27 ބިލިއަން ރުފިޔާ މީރާއިން ބަލައިގަނެފި

Mar 14, 2019

މިދިޔަ ފެބުރުއަރީ މަހު މީރާއަށް 1.27 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެން %0.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނޭ ކަމަށް އަންދާޒާކުރި އަދަދަށްވުރެން %3.4 އިތުރު އަދަދެކެވެ.

ފެބުރުއަރީ މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއްކަމަށް މީރާއިން ހާމަކޮށްފައިވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ، އަދި ގުރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމުންނެވެ.

ފެބްރުއަރީ މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 62.7 އިންސައްތަ ނުވަތަ 794.36 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގުރީން ޓެކްސްގެ 79.73 މިލިއަން ރުފިޔާ ( %6.3 )، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 61.81 މިލިއަން ރުފިޔާ ( %4.9 )، އެއާޕޯޓު ސާރވިސް ޗާޖްގެ ގޮތުގައި 61.65 މިލިއަން ރުފިޔާ ( %4.9 ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 135.96 މިލިއަން ރުފިޔާ ( %10.5 ) ހިމެނޭ ކަމަށް މީރާއިން ބުނެއެވެ.

އަދި މި މުއްދަތުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 52.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355