twitterviber whatsapp telegramfacebookyoutube instagram
19th April 2026

ހުރިހާ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބައިތިއްބަނީ

Mar 25, 2019

ހުރިހާ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޮންސަލްޓެންޓުން ބައިތިއްބަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހުރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގައި މެންޓަލް ހެލްތު ސެންޓާރ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަން ނަންނޯޓް ކުރާ ފަރާތްތަކުގެ ވެއިޓް ލިސްޓް ދިގު ކަމަށާއި ބޭނުންވާ އަދި ބޭސް ލިބުމުގެ ދަތިކަންވެސް ބޮޑު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދަކީ ރައްޔިތުން އުފާ ކުރަން ޖެހޭ ދުވަހެއް ކަމަށާއި އެ ސެންޓަރުގެ ބޭނުމަކީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ސެންޓަރުން އައުޓް ޕޭޝަންޓް އަދި އިން ޕޭޝަންޓް ހިދުމަތާއި އައުޓް ރީޗް ހިދުމަށްވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޮންސަލްޓެންޓުން ބައިތިއްބަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355