twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފި

Apr 1, 2019

މާލެއާ އެއްއަގެއްގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމެވި ނިންމެވުން ތަންފީޒުކުރުމުގެ މަސައްކަތް އެސްޓީއޯއިން ގެންދަނީ ކުރަމުންނެވެ.

މިގޮތުން، އެސްޓީއޯ ކާޑު އެޖެންޓުން ހޯދުމަށް އިއުލާންކޮށް އެކަމަށް އިޖާބަދިން ފަރާތްތަކުގެ ހުށަހެޅުންތައް ބަލައި އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް 112 ރަށެއްގައި ވަނީ އައްޔަން ކޮށްފައެވެ. އަދި އިތުރު 10 ރަށަކަށް ހޮވިފައިވާ އެޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް އެކުންފުނިން މިވަގުތު ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން، އެސްޓީއޯ ކާޑު އެޖެންޓުކަމަށް މިހާތަނަށް އެކަށީގެންވާ ހުޅަހެޅުމެއް ލިބިފައިނުވާ 61 ރަށަކަށް އެޖެންޓުން ހޯދުމުގެ މަސައްކަތްވެސް ރަސްމީ އިދާރާތަކާ ގުޅިގެން އެސްޓީއޯއިން ދަނީ ކުރަމުންނެވެ.

އެސްޓީއޯ ކާޑު އެޖެންޓުންނަށް ކާޑު ދޫކުރުމުގެ މަސައްކަތް އެކުންފުނިން މިދިޔަ މަހު 26 ގައި ވަނީ ފަށާފައެވެ. އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް ހަމަޖެހި ސަޕްލައި ކުރެވިފައިވާ ރަށްރަށުގައި މިއަދުން ފެށިގެން ހަނޑޫ ބަސްތާއެއް 240ރ އަށް ވަކި ކިލޯ 4.80ރ ، ހަކުރުބަސްތާއެއް 241ރ ވަކި ކިލޯއެއް 4.82ރ ވިއްކަމުންދާއިރު ގޮދަން ފުއްބަސްތާއެއް 190ރ ވަކި ކިލޯއެއް 3.80ރ ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި ވީހާވެސް އަވަހަކަށް ހުރިހާ ރަށަކަށް އެޖެންޓުން ހަމަކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355