twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫ އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ހިދުމަތް ފަށައިފި

Apr 2, 2019

އޫރިދޫ އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ހިދުމަތް ތައާރަފްކޮށްފިއެވެ. މިއީ ޑިޖިޓަލް ދިވެހިރާއްޖެ އަކަށް އެއްބާރުލުންދީ ދިވެހި މުޖުތަމައު އަށް ފައިދާކުރާ އައު އީޖާދުތައް ތައާރަފްކުރުމަށް އެކުންފުނިން އަބަދުވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފް ކުރި ހިދުމަތެކެވެ.

މިއީ "ވޮއިސް އޮވާ އެލް.ޓީ.އީ" ނުވަތަ "ވީ.އޯ.އެލް.ޓީ.އީ"ގެ ހިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ ބައިނަލްއަޤްވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެކެވެ.

މުވާސަލާތީ ކުންފުނިތަކުން ބޭނުންކުރަމުންދާ ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ+ ވިއުގަ ބޭނުންކޮށްގެން ގުޅާދަލޭ އެޗް.ޑީ ވޮއިސްގެ ހިދުމަތުގެ ފެންވަރު ރަގަޅުވެ ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެކަމަށް އޫރިދޫއިން ހާމަކުރެއެވެ. މީގެތެރޭގައި 4ޖީ+ ނެޓްވަރކުގެ އެހީގައި ކޯލުގެ ފެންވަރާއި ސާފުކަމަށް ފާހަގަކުރަނިވި ބަދަލުތަކެއް އައުން ހިމެނެއެވެ. އަދި ކޯލުޅާލުމަށް ދާ ވަގުތު ކުޑަވެ ދެތިން ސިކުންތުކޮޅެއް ތެރޭގައި ކޯލް ކަނެކްޓުވުންގެ އިތުރުން ފޯނުކޯލެއްގެ މެދުތެރޭގައިވެސް، 4ޖީ+ ޑޭޓާ ބޭނުން ކުރެވުމާއި ވީ.އޯ.އާއި.ޕީ ނުވަތަ ޓްރެޑިޝަނަލް ކޯލުތަކާއި ބަލާއިރު އެޗް.ޑީ.ވޮއިސް ބޭނުންކުރުމަށް ބޭނުންވާ ޗާޖު މަދުވުމާއި އެކު ފޯނުގެ ބެޓަރީ ލައިފް އިތުރުވެގެންދިއުން ހިމެނޭނެ ކަމަށް އޫރިދޫއިން ބުނެއެވެ.

އޫރިދޫގެ ސީ.އީ.އޯ ނަޖީބު ހާން ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި އުރީދޫގެ ހިދުމަތް ފެށުނީއްސުރެ ދިވެހިންނާއި ހަމައަށް އައު ހިދުމަތްތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދީ ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް އުރީދޫއިން ވަނީ ހާއްސަ އަހަމިއްޔަތުކަމެއްދީ މުހިއްމު ދައުރެއް އަދާކޮށްފައި ވާކަމަށެވެ. މިއަދު ރާއްޖެއަށް މި ތައާރަފްކުރި އެޗް.ޑީ ވޮއިސްގެ ސަބަބުން އުރީދޫ ނެޓްވަރކް މެދުވެރިކޮށް ކުރާ ކޯލުތަކުގެ ފެންވަރު ވަރަށް ފުރިހަމަވެ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަގަޅުވެގެންދާނެ ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށާއި ވޮއިސް ކޯލް މެދުވެރިކޮށް ކުރާ ތަފާތު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުމެވެ.

އުރީދޫ އިން އެޗް.ޑީ ވޮއިސްގެ ހިދުމަތަށް އެއްވެސް އިތުރު އަގެއް ނުނަގައެވެ. ހަމައެހެންމެ މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އުރީދޫގެ 4ޖީ ނެޓްވަރކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް، ވީ.އޯ.އެލް.ޓީ.އީގެ ހިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް އެޗް.ޑީ ވޮއިސް ބޭނުންކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355