ރާއްޖޭގައި އެންމެ ފުޅާ ދާއިރާ އެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތަށްކުގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން 6 މަސް ދުވަސް ވަންދެން %30 އިތުރު ޑޭޓާ ލިބޭ މި ޕުރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނިޔަލަށް ކަމަށް ދިރާގުން ހާމަކުރެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު 100އެމްބީޕީއެސް އަދި އެންމެ ބޮޑު އެކުލެވިގެންވާ ހިދުމަތް ކަމަށް ވެސް ދިރާގުން ބުނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. އަދި ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ %70 އަށް ފޯރުކޮށްދީފައިއެވެ.