ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.
ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު އިސްލާމިލް މިނިސްޓްރީގެ ވެބްސައިޓުންނާއި ނިސްޓްރީން ލިބެން ހުންނާނެކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 1 ޖެހުމާއި ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ކުރިއަށްގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި ރަށްރަށުގައިނަމަ ކޮންމެ ރަށެއްގެވެސް ރަށުކައުންސިލަށް ފޯމު ހުށަހެޅޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި ފޯމް ހުށަހަޅާއިރު އައިޑީކާޑުގރ ކޮޕީއާއި، 6 މަސް ދުވަހުގެ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓާއި، ކައިވެނީގެ ސެޓްފިކެޓާއި، އާމްދަނީގެ ގޮތުގައި ލިބޭ މުސާރައިގެ ތަފްސީލު އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި 18 އަހަރު އަހަރު ނުފުރޭ ކުޑަކުއްޖަކު ރަޖިސްޓަރީކުރާނަމަ އައިޑީ ކާޑާއެކު އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށާއި، 18 އަހަރު ފުރުނު ނަމަވެސް ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެއްނަމަ އެ ދަރިވަރަކު ތައުލީމު ހާސިލުކުރާ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމެއްގެ ތައްގަނޑުޖެހި ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އަދި ފޯމު ހުށަހަޅާ ފަރާތަކީ ކުއްޔަށް އުޅޭފަރާތެއްނަމަ ކުލީގެ މިންވަރު އެނގޭނެ އެގްރީމެންޓުގެ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.