twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެސްޓީއޯއިން ޓިއުނީޝިއާގެ މާޖިރީން ހާއްސަ އަގުތަކެއްގައި ބާޒާރަށް

ނަބީލާ އިސްމާޢީލް
Apr 4, 2019
1

ޓިއުނީޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ " ޖަދީދާ " މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަރމާޓް އިން ބާޒާރަށް ނެރެފިއެވެ.

އެސްޓީއޯއިން ވަނީ 5 ސައިޒެއްގެ ޖަދީދާ މާޖިރީން ތައާރަފްކޮށް ހެޔޮއަގުތަކެއްގައި ވިއްކަން ފަށާފައި ކަމަށް އެސްޓީއޯއިން ބުނެއެވެ. އަގުހެޔޮކުރި ސައިޒުތަކަކީ އާންމު ގޭބިސީތަކަށް ހާއްސަ 250 ގުރާމް، 450 ގުރާމް، 1 ކިލޯ އާއި 2.5 ކިލޯ، އަދި ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް 9.5 ކިލޯގެ ޓައްޕު ހިމެނެއެވެ.

ޖަދީދާ މާޖިރީނަކީ ރަހަމީރު އަދި ކޮލެޓީ ރަނގަޅު ބްރޭންޑެއް ކަމަށާއި މިއީ މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނެ އެންމެ އަގުހެޔޮ މާޖިރީން ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.

ޖަދީދާ މާޖިރީންގެ ރީޓެއިލް ކޮށް ލިބެން ހުންނާނެ އަގުތަކުގެ ތެރޭގައި 250 ގުރާމްގެ ތައްޓެއް 15ރ އަށް، 450 ގުރާމްގެ ތައްޓެއް 22ރ އަށް، 1 ކިލޯގެ ތައްޓެއް 45ރ އަށް، 2.5 ކިލޯގެ ތައްޓެއް 90ރ އަށް އަދި މީގެއިތުރުން ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ހާއްސަކޮށް 9.5 ކިލޯގެ ޓައްޕެއް 270ރ އަށް ލިބޭނެއެވެ.

ހަމައެއާއެކު ހޯލްސޭލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު ޑިސްކައުންޓް އަގުތަކެއްގައި ޖަދީދާ މާޖިރީން ލިބޭނެ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.

ޖަދީދާ ބްރޭންޑްގެ މާޖިރީން ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުންނާއި ހޯލްސޭލްކޮށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

އެސްޓީއޯ ސުޕަރމާޓްއަކީ ކާބޯތަކެތީގެ ކޮލިޓީ ރަނގަޅު ތަފާތު ގިނަ ބާވަތްތަކެއް އެކި ގައުމުތަކުން އެތެރެކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރަމުން ގެންދާ ފަރާތެކެވެ. އަދި ހާއްސަކޮށް ރޯދަމަހު ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން މަސައްކަތް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355