twitterviber whatsapp telegramfacebookyoutube instagram
12th August 2025

އުރީދޫ އާއި ހަބޭސް ބޮޑުބެރު ގުޅިގެން ބޮޑުބެރު ކްލާސްތަކެއް ފަށަނީ

Aug 10, 2025

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ އެމްބެސަޑަރ އަދި މަޝްހޫރު ބޮޑުބެރު ބޭންޑް ކަމަށްވާ ހަބޭސް ބޮޑުބެރާއެކު 4 ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާހެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.

މި އެކްސްކްލޫސިވް ޕްރޮގްރާމުގެ މަޤްޞަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި އަދު ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅު ބައިވެރިންނަށް ދަސްކޮށްދިނުމެވެ.

އިވެންޓްގެ ތަފްސީލް:

ކްލާސް ތާރީހުތައް: 16، 23، 30 އޮގަސްޓް އަދި 6 ސެޕްޓެމްބަރު 2025 (ހޮނިހިރު ދުވަހު އެކަނި)

ގަޑި: ރޭގަނޑު 8:00 - 11:00

އުރީދޫ ހެޑް އޮފީހުގެ ހަތަރުވަނަ ފަންގިފިލާގައި ކުރިއަށްދާ މި ކުލާސްތަކުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. މި ކުލާހުގައި ބައިވެރިވެވޭނީ ގިނަ ވެގެން 20 މީހުންނެވެ.

ރަޖިސްޓްރޭޝަންގެ ތަފްސީލް:

މި ކްލާހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނެގޭނެއެވެ. އަދި ބައިވެރިވެވޭނީ ރަޖިސްޓަރ ކުރާ އެންމެ ފުރަތަމް 20 ބައިވެރިންނަށެވެ. ރަޖިސްޓްރީވުމުގެ މުއަދަތު ހަމަވާނީ 16 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގައެވެ. ބައިވެރިންނާއި މުއާމަލާތް ކުރެވޭނީ ރަޖިސްޓްރީކުރުމަށް ބޭނުންކުރެވޭ ފޯން ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށްނެވެ.

މި ކްލާހަށް ރަޖިސްޓަރވުމަށް ވުމަށް ބޭނުންކުރާ ލިންކް

އުރީދޫ ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދެމުންދާތާ 20 އަހަރު ފާހަގަކުރަމުންދާއިރު، މި ބޮޑުބެރު ކުލާހަކީ އުރީދޫއިން ދިވެހި ތަރިކައަށް އަދި ދިވެހިވަންތަ ކަންކަން ކުރިއެރުވުމަށްދޭ އަހަންމިއްޔަތު ފާހަގަ ކުރެވޭ ކަމެކެވެ. އަޅުގަނޑުމެންގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ ގުޅިގެން ކަސްޓަމަރުންނާއި މުޖުތަމައުއަށް މި އަގުހުރި ތަޖުރިބާ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
މި ކްލާހަށް ރަޖިސްޓަރވުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތްކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355