twitterviber whatsapp telegramfacebookyoutube instagram
25th February 2020

ވިލްގެ ބޮލީވުޑް ލަވަ ބަލައިފިންތަ

Apr 8, 2019

ހޮލީވުޑްގެ މަޝްހޫރު ތަރި ވިލް ސްމިތުގެ ބޮލީވުޑް ލަވައެއްގައި ނަށާލުން އެއީ އަބަދުވެސް ވަރަށް ބޭނުން ކަމެއްކަމަށާއި އެއީ އޭނާގެ ބަކެޓް ލިސްޓުގައި ވެސް ހިމެނޭ ކަމެއްކަމަށްވެސް ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.

އޭނާގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނީ ކަރަން ޖޯހަރެވެ. ކަރަންގެ "ސްޓޫޑެންޓް އޮފް ދަ އިޔަރ 2" ގެ ލަވައަކަށް ވިލް ނަށާފައިވާއިރު މި ވީޑިއޯ ވަނީ ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ. އެގޮތުން މިހާތަނަށް 24 މިލިއަން ވިއުސް ވަނީ މި ވީޑިއޯއަށް ލިބިފަ އެވެ.

ފިލްމުގެ ތަރިންވެސް ފެނިގެންދާ މި ވީޑިއޯގައި ވިލް ނަށާފައިވަނީ ސްޓޫޑެންޓް އޮފް ދަ އިޔަރގެ ފުރަތަމަ ފިލްމުންވެސް މަޝްހޫރުކަން ލިބުނު ރާދާރ ތެރި ޗުންރީ ލަވަ އަށެވެ.

މިވަގުތު އިންޑީޔާގައި ހުރި ވިލް ވަނީ އެގައުމުގެ ބައެއް ދީނީ ކަންކަމުގައިވެސް ބައިވެރިވެފައެވެ. އެގޮތުން އޭނާ ދަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ފޮޓޯތައް ހިއްސާކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355