ކެއުމުގައި ގެންގުޅެވޭ އާދަތަކަށް ގެނެވޭ ކުދި ކުދި ބަދަލުން ހަށިގަނޑަ ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެއެވެ.
ބައެއް ފަރާތް ތަކަކީ ކެއުމުގަ ބޭނުންކުރާ ބާވަތްތަކުގެ ރަހަތަށް ހެޔޮވަރުކުރުމުގައި އެކި ކަހަލަ މިންގަންޑުތަށް ގެންގުޅޭ ފަރާތް ތަކެވެ. އެގޮތުން ކާތަކެތީގައި ލޮނު ހެޔޮވަރު ކުރުމުގެ މިންގަނޑަކީ އެބައި މީހުންގެ ބަލި ފައެވެ.
ލޮނަކީވެސް ހަށިގަނޑަ ވަރަށް މުހިންމު މާއްދާއެކެވެ. އެހެންކަމުން ދިރިހުރުމަށްޓަކާ ލޮނު ބޭނުންވާތީ އަހަރެމެންގެ ހަށިގަނޑު ބަރޯސާ ވެފައި މިވަނީ ސޯޑިއަމް އަށެވެ. އަހަރެމެންގެ ހަށިގަނޑު ދިރިހުރުމަށްޓަކައި ލޮނުބޭނުންވެއެވެ. އެގޮތުން ހަށިގަނޑުގެ މަސްތަށް މަސައްކަތްކުރުމަށް ހަށިގަނޑުގެ ތެރޭގައި ސިގުނަލް ދަތުރުކުރުމަށް އަދި ހަށިގަނޑުގާވާ ޕޮޓާސިއަމް ފަދަ އެހެނިހެން ދިޔާއެއްޗެސާ އެއްހަމައެއްގައި ހަށިގަނޑުގެ ދިޔަ ބެހެއްޓުމަށް އަހަރެމެން ބަރޯސާވެފައި މިވަނީ ސޯޑިއަމް އަށެވެ.
ނަމަވެސް މާގިނައިން ލޮނު ބޭނުންކުރުމަކީ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ. ގިނައިން ލޮނު ބޭނުންކުރުމުގެ ސަބަބުން ގިނަ ވޭންތަކާއި ކުރިމަތިލާޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވަރަށް ވުރެން އިތުރަށް ލޮނު ބޭނުންކުރެވޭނަމަ ބޮޑެތިމީހުންނަށް ހިތުގެ މައްސަލަތަށް ކުރިމަތިވެއެވެ. އަދި ސްޓްރޯކް ޖެހުމުގެ ނުރައްކަލާ ކުރިމަތިވުމުގެ މަގުފަހިވެއެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި ގިނައިން ލޮނު ބޭނުން ކުރާނަމަ ލޭމައްޗަށް ދިއުމުގެ އިތުރުން ސިކުނޑީގެ ބަލިތަށް ޖެހި ހަނދާން ނެތުމުގެ ބަލި ނުވަތަ ހަނދާ ބަލިވާ މައްސަލައާއި ކުރިމަތިލާންޖެހެއެވެ.
ކަކޫ ނުވަތަ ފައިތިލަ، އަތް ދުޅަވުން ފަދަކަން ކަމާވެސް ދިމާވެއެވެ. މިހެން ދިމާވަނީ މާގިނައިން ލޮނު ބޭނުން ކުރުމުން ގައިގެ ޓިސޫތަކުގައި ފެންއުފެދުމުގެ ސަބަބުން ނެވެ. މިކަން ރަނގަޅު ކުރުމަށް ކެއުމުގެ ލޮނު މަދުކޮށް ނުވަތަ ޑޮކްޓަރެއްގެ ލާފާގެ މަތިން ބޭސް ބޭނުންކުރެވިދާނެވެ.
މީގެ އިތުރުން މާގިނައިން ތައްޔާރީ ކާނާ ބޭނުންކުރުމަކީ ވެސް މައިދާއަށް ގެއްލުންހުރިކަމެކެވެ. ކެއުމުގައި ސޮސެޖް ފަދަ ލޮނުގިނަ ކާނާ އަދި ސަރުބި ގިނައަދަދަކަށް އެކުލެވިގެންވާކާނާތަށް މަދުކުރުމުން މައިދާގެ ކެންސަރުޖެހުމުން ދުރު ކޮށްދެ އެވެ.
ކިޑުނީ އަކީ ހަށިގަނޑުގައި އުފެދޭ ބޭކާރުމާދާތަށް ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ އެންމެ މުހިންމު ގުނަވަނެވެ. އަދި ހަށިގަނޑުގެ ދިޔަ އެއްވަރެއްގައި ހިފަހައްޓައިދީ ރެޑްބުލަޑްސެލްސް ބޭނުންވާ މިންވަރަށް ހަށިގަނޑުގައި އުފެއްދުމަށް އެހީތެރިވެދެއެވެ. ގިނައިން ލޮނު އެކުލެވޭ ކާނާ ބޭނުން ކުރުމުން ލޭގެ ޕުރެސާރ މައްޗައްގޮސް ކިޑްނީގެ މަސައްކަތްތަކަށް ހުރަސް އަޅައެވެ. މީގެ ސަބަބުން ހަށިގަނޑުން ބޭނުން ނޫން ވިހަ މާއްދާތަށް ހަށިގަނޑުން ބޭރު ކުރުމަށް ހުރަސް އަޅައެވެ. އެހެން ކަމުން ކެއުމުގެ ކުރިންނާއި ފަހުން ގިނައިން ފެންބުއިމަށްވެސް އާދަ ކުރާށެވެ.