twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފަޅޯ އޮށުގައިވެސް އެތައް ފައިދާއެއް

ޚަދީޖާ އާދަމް
Apr 14, 2019

ފަޅޮލަކީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ހައްދާލާންވެސް އެހާ ފަސޭހަ ގަހެކެވެ. ފައިދާއިން ފުރިފައިވާ މި މޭވާގެ އޮށަކީ އަހަރެމެން ގިނަ ފަހަރަށް ބޭނުން ނުކޮށް އުކާލާ ހަށިގަނޑަށް ގިނަ ފައިދާ ތަކެއް ލިއްބައިދޭ އެއްޗެކެވެ.

އެގޮތުން ފަޅޯ އޮށަކީ ދިފާއި ނިޒާމް ވަރުގަދަ ކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ބެކްޓީރިއަލް އިންފެކްޝަންތައް ފަސޭހަކޮށްދިނުމަށްވެސް ފަޅޯ އޮށަކީ ފަރުވާއެކެވެ.

އެގޮތުން 2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައި ވާ ގޮތުން ފަޅޯ އޮށުގެ އިތުރުން ފަތް ވެސް އިންފެކްޝަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއެވެ. އެގޮތުން ބަނޑުގައި އުފެދޭ ބެކްޓީރިއާތަކުން ސަލާމަތް ވުމަށްކޮށްމެ ދުވަހަކުވެސް ވަކި މިންވަރެއްހެ ފަޅޯ އޮށް ބޭނުން ކުރުމުން ހަޖަމުގެ ނިޒާމުގެ އިތުރުން ގޭސްޓްރިކްގެ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެން ދާނެއެވެ.

ފަޅޯ އޮށުން ގޭސްޓްރިކް ވުމުން ދިމާވާ މައްސަލަތައް 84 ޕަސެންޓަށް ދަށްކޮށްދެއެވެ. އަދި މީގެ އިތުރުން ބަނޑުގައި އުފެދޭ އެސިޑްތައް ދުއްވާލުމަށްވެސް މިއީ ރަނގަޅު އެއްޗެކެެވެ. އަދި ކިޑްނީ ހަލާވުމާއި ފަންގަލް އިންފެކްޝަންތަކަށްވެސް މިއީ ރަނގަޅު ބޭހެކެވެ.

ފަޅޯ އޮށަކީ އޭގައި ކޮންމެވެސް ވަރަކަށް ކުޅި ރަހައެއް އެކުލެވޭ އެއްޗެކެވެ. ގިނަ އަދަދަކަށް ޕްރޮޓީން، ކެލްޝިއަމް، މެގްނީޝިއަމް އަދި ފްރޮސްފަރަސް ހިމެނޭ މި އޮށް ރޯކޮށް ކެވިދާނެ އެވެ. ނުވަތަ ސެލެޑަކާއިއެކު ވެސް ބޭނުން ކުރެވިދާނެ އެވެ. އަދި ސްމޫތީއެއް ގޮތަށް ބުއިމެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355