twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދިރާގާއި ސްޕާކްހަބް ގުޅިގެން ސްޓާޓްއަޕް ވަރކްޝޮޕް ލީންޑިން ސްޓާރޓްއަޕް މެޝިން ފަށައިފި

ނަބީލާ އިސްމާޢީލް
Apr 20, 2019

ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް މެޝިން" އިއްޔެ ފަށައިފިއެވެ. މި ވޯކްޝޮޕް ކުރިއަށް ދާނީ މިމަހު 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ލީން ސްޓާޓްއަޕް މެޝިން" އަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަހައްދެއްގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ 3 ދުވަހުގެ ވަރކްޝޮޕެކެވެ. މި¬¬އީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ލީން ސްޓާޓަޕް މެޝިން ޕްރޮގްރާމެވެ. އައު އީޖާދެއް ނުވަތަ އައު ހިޔާލެއް ތަރައްޤީ ކުރުމުގެ ކުރިން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެވޭނެގޮތަށް ލީން މެތެޑޮލޮޖީ މެދުވެރިކޮށް ކަސްޓަމަރ ވެލިޑޭޝަން ޕްރޮޑަކްޓް އަދި ބިޒްނަސް މޮޑެލް ޑިވެލޮޕްމެންޓް ފްރޭމްވޯކްތައް މި ވަރކްޝޮޕް ތެރޭގައި ކިޔަވައިދެވޭނެއެވެ.

މި ވޯކްޝޮޕްގެ މުހިންމު ކަމަކީ ބައިވެރިންނަށް އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ހިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ދެނެގަތުމެވެ. އަދި ވިޔަފާރިއާ ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްގީ ކުރުމުގެ މަސައްކަތް ދަސްކޮށްދިނުން ކަމުގައި ދިރާގުން ބުނެއެވެ. އަދި މި ވަރކްޝޮޕްގެ ބައިވެރިންނަށް ވިޔަފާރީގެ އެކި ހިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ސަރަފުވެރި މެހެމާނުގެ ގޮތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަތެވެ. އަދި މި ރަސްމިއްޔާތުގައި ދިރާގުގެ ސީ. އީ. އޯ. އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދު ދިރާގުގެ މެނޭޖްމަންޓް، އަދި ސްޕާކްހަބްގެ ސީ. އީ. އޯ. ހުސެއިން ޖިނާން އަދި މެނޭޖްމަންޓް ބައިވެރިވިއެވެ.

ދިރާގާއި ސްޕާރކްހަބުން އަންގާ ގޮތުގައި ލީން ސްޓާޓްއަޕް މެޝިން ވެގެންދާނީ އޭގެ ބައިވެރިންނަށް ވަރަށް މުހިންމު އަދި ބޭނުންތެރި ވަރކްޝޮޕަކަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ވިޔަފާރިތައް މެނޭޖްކުރުމުގައި ވިސްނަންވީ މުހިންމު ކަންކަން ބުނެދޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ. އޭގެ އިތުރުން އަލަށް ފަށާ ވިޔަފާރިއަކަށް ކަސްޓަމަރުންގެ ބޭނުމަށް ވިޔަފާރި ބައްޓަންކުރާނެ އުކުޅުތައްވެސް ކިޔައިދޭނެއެވެ. އަދި މި ވަރކްޝޮޕްގެ މަގްސަދަކީ ވަރކްޝޮޕްގެ ތެރެއިން ތަމްރީނުވާ ބައިވެރިން އެކި ތަފާތު ވިޔަފާރި އުފެއްދުމަށް ލީން މެތެޑޮލޮޖީ ބޭނުންކޮށް ތަފާތު ހިޔާލުތަކުގެ ތަފާތު ވިޔަފާރި އުފެއްދުމެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ކަމަށް ވާ "އޭންޖަލް ހެކް" އަދި "ސްޓާޓް އަޕް ގްރައިންޑް އެކްސް" ފަދަ ހަރަކާތްތައް ވަނީ މީގެ ކުރިން ބާއްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355