twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައަށް ފިޔާ، އަލުވި، ބިސް އަދިވެސް ނުލިބޭ!

އިބްރާހިމް ހަމީދު
Apr 26, 2019
5

ރަމަޟާންމަހާ ދިމާކޮށް ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން އަގުހެޔޮކޮށް ވިއްކާ ފިޔާ، ބިސް އަދި އަލުވި ގަންނަން އަދިވެސް ނުލިބޭތީ ވިޔަފާރިވެރިންނާ ރައްޔިތުންގެ ޝަކުވާ ގިނަވެއްޖެ އެވެ. މިދިޔަ އަހަރުތަކުގައި ރޯދަމަސް ފެށެން ފަނަރަވަކަށް ދުވަސް ކުރިން މިތަކެތި ކުޅުދުއްފުށީ އެސްޓީއޯއަށް ލިބެ އެވެ.

ރޯދަމަހު އެންމެ ގިނައިން ދިވެހިން ބޭނުންކުރާ މިތަކެތި ކުޅުދުއްފުށީ އެސްޓީއޯއަށް ނުގެނެސް ލަސްވަމުންދާތީ އެކަމާ ހިތްހަމަނުޖެހި ހުރެ ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ވިޔަފާރިއެއް ބުނީ މާލޭގެ ބާޒާރާ މިތަކެތި އެސްޓީއޯއިން ނެރެ، ހެޔޮއަގުގައި ވިއްކާތާ ދުވަސްތަކެއްވެފައިވާއިރުވެސް ކުޅުދުއްފުށީ އެސްޓީއޯ ފިހާރައަށް އަދިވެސް މިތަކެތި ގެނެސްފައިނުވާ ކަމަށާއި މިއީ ކުޅުދުއްފުށީ ރައްޔިތުންނާއި މިސަރަހައްދުގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

" ރަމަޟާންމަސް ފެށެން ނުވަދުވަހަށްވީ އެސްޓީއޯއިން ހުސްވިއަނުދީ ރޯދައަށް ރައްޔިތުންނަށް އަތްފޯރާފަށުގައި ފޯރުކޮށްދޭން ބުނާ އަލުވި، ފިޔާ ބިހެއް، ކުޅުދުއްފުށީ ހުންނަ އެސްޓީއޯ ފިހާރައެއްގައި ނެތް. މިހާރު ލަސްވެއްޖެ އެތަކެތި އެފިހާރައިން ލިބެން." ވިޔަފާރިވެރިޔާ ބުންޏެވެ.

މިސަރަހައްދުގެ ވިޔަފާރިވެރިއެއް ކޭއޯއާ ވާހަކަ ދައްކަމުން ބުނީ އެސްޓީއޯއިން ރޯދައަށް އަލުވި، ފިޔާ ބިހުގެ ޝިޕްމަންޓް މާލެ ގެނެސް އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކަމުންދަނީ މިހާރު ދުވަސްކޮޅެއް ވެއްޖެ އެހެންނަމަވެސް ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން އެތަކެތި އަދިވެސް ގަންނަން ލިބެން ނެތްކަމަށާއި މީގެކުރިން ރޯދަފެށުމުގެ ދުވަސްކޮޅެއް ކުރީން ފިޔާބިސް އަލުވި ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ލިބެން ހުންނަކަމަށެވެ.

ރައްޔިތުންނާއި ވިޔަފާރިވެރީންގެ މިޝަކުވާތަކާ ގުޅިގެން ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ މިހަފްތާގެ އަށާވީސްވާ އާދިއްތަ ދުވަހު އަލުވި، ފިޔާ އަދި ބިހުގެ ޝިޕްމަންޓް ހިފައިގެންދާ ދޯނި ކުޅުދުއްފުއްޓަށްދާނެ ކަމަށެވެ.

"އުއްމީދު ކުރަނީ ނަވާވީސްވާ ހޯމަދުވަހު ކުޅުދުއްފުށީ ފިހާރައިން ފިޔާ، ބިސް، އަލުވި ރައްޔިތުންނަށް ވިއްކަން ފެށޭނެކަމަށް." އޮފިޝަލް ވިދާޅުވި އެވެ.

އާންމުގޮތެއްގައި މިތަކެތި ބޮޑުތިލަދުންމަތީގެ ރަށްތަކަށް ފޯރޮކޮށްދެމުންދަނީ ކުޅުދުއްފުށީ މެދުވެރިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355