twitterviber whatsapp telegramfacebookyoutube instagram
5th April 2020

ރެސިޕީ: ތަންދޫރީ ޗިކަން

ޚަދީޖާ އާދަމް
May 6, 2019
3

ބޭނުންވާ ތަކެތި:

  • 1 ކުކުޅު (ކޮށާފަ)
  • 2/1 ޖޯޑު ޕްލޭން ޔޯގަޓް
  • 1 ލުނބޯގެ ހުތް
  • 1 މޭޒުމަތީ ސަމުސާގެ ގަރަމް މަސާލާ
  • 4 ލޮނުމެދު (ޗިސްކޮށްފަ)
  • 1 އިންޗު އިނގުރު (ޗިސްކޮށްފަ)
  • 2/1 ތެޅި މިރުސް
  • 1 ސަމުސާ ލޮނު
  • 4/1 ސަމުސާ ރަތް ކާކުލަ

ތައްޔާރުކުރާނެ ގޮތް:


ބޯތައްޓެއްގައި ކުކުޅު ފިޔަވާ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ރީތިކޮށް ހުރިހާ ބާވަތެއް އެއްވުމުން އެއްކޮށްލެވިފައިވާ ސޯސް ގަނޑުގެ ތެރެއަށް ކުކުޅު ކޮޅު އަޅާ އެއްކޮށްލާށެވެ.

ކުކުޅު ފިހުމުގެ ކުރިން ރަނގަޅަށް ރަހަލެއްވުމަށް މެރިނޭޓް ކުރުން މުހިއްމެވެ. އެގޮތުން މަދުވެގެން 24 ގަޑިއިރު ފްރިޖްގައި ބަހައްޓާށެވެ. ކުކުޅު ފިހުމަށް 450 ޑިގްރީއަށް އަވަން ޖައްސާށެވެ. އަދި 30 މިނެޓް ވަންދެން ފިހާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355