twitterviber whatsapp telegramfacebookyoutube instagram
14th November 2019

ރެސިޕީ: ޕީނަޓް ބަޓާރ ކުކީޒް

ޚަދީޖާ އާދަމް
May 9, 2019

ބޭނުންވާ ތަކެތި:

  • 3/1 1 ޖޯޑު ފުށް
  • 4/3 ސައިސަމުސާ ބޭކިން ސޯޑާ
  • 2/1 ސައިސަމުސާ ބޭކިން ޕައުޑާ
  • 4/1 ސައިސަމުސާ ލޮނު
  • 2/1 ގޯޑު ބަޓަރު (އަން ސޯލްޑެޓް)
  • 2/1 ޖޯޑު ހަކުރު
  • 2/1 ޖޯޑު ބްރައުން ސްގަރ
  • 4/3 ޖޯޑު ޕީނަޓް ބަޓަރ
  • 1 ބިސް
  • 2/1 1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަވަން 350 ޑިގްރީއަށް ޖައްސާފައި ބަހައްޓާށެވެ. އެއަށްފަހު ބޯތައްޓެއްގައި ފުށް، ބޭކިން ސޯޑާ، ބޭކިން ޕައުޑާ، ލޮނު އެއްކޮށްލުމަށްފަހު ބަހައްޓާށެވެ.

އަދި އެހެން ތައްޓެއްގައި ބަޓަރު، ހަކުރު އަދި ބްރައުން ސްގަރ އެއްކޮށް ލާށެވެ. އެއަށްފަހު ޕީނަޓު ބަޓަރުކޮޅުއަޅާ އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް ބިސް، އެސެންސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކުރިން އެއްކޮށްލި ފުށްކޮޅު ފަހުން ތައްޔަރުކޮށްލެވުނު ކްރީމް ތެރެއަށް އަޅާ އެއްކޮށް މޮޑެލާށެވެ.

އެއަށްފަހު ފުއްގަނޑުން އެމިހުން ބޭނުން ސައިޒަކަށް ގުޅަ ހެދުމަށްފަހު އަމިއްލަ ގޮތަކަށް ކުކީ ޑިޒައިންކޮށްލާށެވެ. އަދި ބޭކިން ޕޭޕާގައި ކުކީޒްތައް ބެހެއްޓުމަށްފަހު 10 ދިހަ މިނެޓް ވަންދެން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355